ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ރައީސް މުއިއްޒުއަށް: ވެރިކަމަށް އައުމަށް ހުށައެޅި އެއްވެސް ކަމެއް ފަށާފައެއް ނެތް!

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ހުށައެޅި އެއްވެސްކަމެއް އަދި ފަށާފައިނުވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިންގެ ތެރެއިންނެވެ. މާފަންނުގެ ހަތަރު ދާއިރާއަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމަށްވީ ވައުދުތައް ފުއްދުމުގެ ވިސްނުން އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އޭރު ދެއްކެވި ވާހަކަތަކާއި މިހާރު އަމަލު ކުރަމުންދާ ގޮތް ތަފާތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެއްކެވި އެއްވެސް ވާހަކައެއް، ދެއްކެވި އެއްވެސް ވާހަކައެއް، ކުރަން ވިދާޅުވި އެއްވެސް ކަމެއް، މި ހަތަރު މަސް ދުވަހުގެ ތެރޭގައި އަދި ނެތް ފަށާފައެއް.\

ރައީސް ސާލިހު ވިދާޅުވިއެވެ.

އެގޮތުން ގުޅީ ފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި ގޯތިތައް ދޫކުރުމުގެ މައްސަލަވެސް ފާހަގަކުރެއްވިއެވެ.

މިކަންކަން ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ މަޖިލީސް މެދުވެރިކޮށް ސަރުކާރު ލައްވާ އެކަންކަން ކުރުވުންކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: