ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ހޮވަންވާނީ، އަމަލީ ގޮތުން ހިދުމަތް ކުރުމުގެ ރޫހު ހުރި ކެންޑިޑޭޓުން: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަށް ހޮވަންވާނީ، އަމަލީ ގޮތުން ހިދުމަތް ކުރުމުގެ ރޫހު ހުރި ކެންޑިޑޭޓުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަބްދުﷲ ރިފާއު (ގޮޗޭ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގައި ރިފާއު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު، އެ ދާއިރާއަށް ވަރަށް ގިނަ މަސައްކަތްތަށް ކޮށްދެއްވާފައިވާކަމަށެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވީ ސީދާ ރިފާއުގެ ހިއްސާއާއި އެކުކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އޭރު ފުޑް ކޯޓުގައި ކައިރީގައި ހުރި ޕާކް ފާހަގަކުރެއްވިއެވެ. ހައުސިން މިނިސްޓްރީއިން ބޭނުންވި ކަންކަން ކުރުމަށް، މިނިސްޓްރީގެ މުވައްޒަފެންހެން ވަޑައިގެން އިންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެކިއެކި ސެކްޝަންސްތަކުގެ މުވައްޒަފުންގެ ގާތުގައި އިށީދެވަޑައިގެން، އިންނަވައިގެން މި ދާއިރާއަށް ބޭނުންވާ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވެވި. ހަގީގަތުގައި މެންބަރަކު ކުރަންވާވަރަށްވުރެ ވެސް އިތުރަށް އައުޓް އޮފް ދަ ވޭ ވަޑައިގެން، މާނައަކީ އަމިއްލަ އިސްނެގުމުގެ ތެރެއިން ދާއިރާއަށްޓަކައި، ދާއިރާގެ ރައްޔިތުންނަށްޓަކައި ގުރުބާން ވެލެއްވެވި.

ރައީސް ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންގެ ހައްގުގައި ރިފާއު ވަނީ އެތަކެއް ގުރުބާނީތަކެއް ވެލައްވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ލާމަސީލު މެންބަރަކު ހޮވަން ބޭނުންވާނަމަ، ރިފާއު ހޮވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ދާއިރާގައި ތިބި ގޯއްޗަށް އެންމެ ބޭނުންވާ މީހުން ދެނެގަތުމުގައި އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ވަރަށް ގާތުން ރިފާއު މަސައްކަތް ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރިފާއުއަކީ ރައްޔިތުންނާއި ގާތުން އިހުލާސްތެރި މަސައްކަތްތަކެއްކޮށް، ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެ ދާއިރާއަށް މެންބަރަކު ހޮވުމަށް ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީ ނުވަތަ އެހެން ޕާޓީތަކުގެ ރައްޔިތުންވެސް އިސްކުރަން ޖެހޭނީ ދާއިރާގެ ވިސްނުންކަމަށެވެ. އެގޮތުން ދާއިރާއަށް މަސައްކަތްތަކެއް ކޮށްދެވޭނީ ކާކަށްތޯ ބެލުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންވެސް ތަރައްގީގެ ރޫހުގައި މެންބަރުން އިންތިހާބު ކުރުމަށާއި، އެމަނިކުފާނާއި، ޕީޕީއެމް/ޕީއެންސީއަށް ކުރެއްވެވި އިތުބާރު ދެމެހެއްޓުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އިންތިހާބާއި ދިމާކޮށް ރައްޔިތުން ފެންނަ މީހުން ދެނެގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ރައްޔިތުންނަށްވީ ކޮންމެ ވައުދެއް ފުއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރަށް ޖެއްސުން ކުރުމުގެ ފުރުސަތުވެސް މަޖިލީހުގެ ތެރެއިން ލިބިފައި އެބައޮތްކަމަށް ފާހަގަކޮށް ރައީސް އެދިވަޑައިގެންނެވީ އެ ފުރުސަތު ނުދެއްވުމަށެވެ.

މަޖިލީހުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ، މި ފަސް އަހަރުގެ ތެރޭގައި މާލެއަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: