ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ނުފޭބުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ނުރައްކާވާނެކަމެއް: ރައީސް

ފޮޓޯ: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖެއިން ނުބޭލުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޝުއޫރުތަކަށް އިހުތިރާމް ނުކުރުންކަމަށާއި އެކަމުގެ ސަބަބުން ކުރިމަގަށް ނުރައްކާތައް ކުރިމަތިވެގެންދާކަމަަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަަމަށްވާ “ޓައިމްސް އޮފް އިންޑިއާ” އިންވަނީ ރައީސް މުއިއްޒު އެ ނުހަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި ދެއްކެވި ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިން ނުފޭބުމަކީ ގައުމުގެ ޑިމޮކްރެސީގެ ކުރިމަގަށް ނޭދެވޭ އަސަރުތައް ކުރާނެކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ރާއްޖޭގައި ދާއިމީ ގޮތެއްގެ މަތިން އެއްވެސް ގައުމެއްގެ އަސްކަރީ ހާޒިރުވެ ތިބުމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިނުގެންނެވި ނަމަވެސް، އިންޑިއާ އާއިއެކު ދިފާއީ މަސައްކަތްތަކުގައި އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް އެމަނިކުފާނުވެސް ތާއީދުކުރައްވަމަށާއި އެކަމުގެ ތެރޭގައި އެމްއެންޑީއެފްގެ ތައްުޔާރީ ހާލަތު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، އެ މަނިކުފާނުގެ އެ ވިސްނުންތައް ބިނާވެގެންވަނީ އެއް ގައުމުން އަނެއް ގައުމަަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށްކަަމަށެވެ. އަދި އެމަނިކުފާނުވަނީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް މަޝްވަރާތަކުގެ ތެރެއިން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އޮތްކަން ހިއްސާކޮށްފައިކަަމަށްވެސް ބުނެފައިވެއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މަޖިލީހުން ފާސްކުނުކުރާ އިރު ބޭރު ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ގާއިމުވެ ތިބުމަކީ ގާނޫނުއަސާސީގެ ރޫހާއިވެސް ހިލާފުކަމެއްކަމަށެވެ.

ޓައިމްސް އޮފް އިންޑިއާ އިންވަނީ ޗައިނާ އާއި ގުޅުވައި ރައީސް މުއިއްޒުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުކާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ، ގެންގުޅުއްވާނެ ހަމައެކަނި ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ނުވަތަ ރާއްޖެ އިސްކުރުމުގެ ސިޔާސަތުކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: