ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަންދޫގެ އެއާޕޯޓް އަޅައިދޭނެކަމުގެ 100 އިންސައްތަ ޔަގީންކަން ދެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު..... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދަން ކަމަށާއި އެހެންކަމުން ށ. މިލަންދޫގައި އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެއަރޕޯޓް އަޅައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން ވިދާޅުވީ މިލަންދޫގެ ރައްޔިތުން އެދިފައިވަނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ އެއަރޕޯޓުގެ ވާހަކަ ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވީ އެތައްކަމެއް ހަދުމަފުޅު ހުންނެވި ކަމަށެވެ. އަދި އެ ރަށުގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ހޮސްޕިޓަލްއާއި، މަގުތަކާއި، އަދި ގެދިރުވެރިކަމުގެ ކަންކަމާއި އެއީ މުހިންމު ކަންކަން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މިދެންނެވި ހުރިހާ ވައުދެއްވެސް މިލަންދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ފުއްދައުދޭނަން

ރައީސް މުއިއްޒު ވިދާޅުވީ ހައުސިންގެ ކަންކަމަކީ ރާއްޖޭގައި އެންމެ މުހިންމު އެއްކަން ކަމަށާއި އާބާދީ ބައިބޯކޮށް އޮތް ހުރިހާ ރަށެއްގައި ޖުމްލަކޮށް މުޅިރާއްޖައަށްވެސް އެންމެ މުހިންމު އެއްކަންތައް ކަމަށެވެ. އެހެންކަމުން މިހާރު ކުރައްވާ މަސައްކަތަކީ އެކަންކަން ކުރުމަށް މަގުފަހު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެއްވެސް ސަބަބެއް ނުވަތަ އަސާސެއް ނެތި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެފަދަގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް އޮވެގެން އެއްވެސް މަސައްކަތެއް ބާރު ސްޕީޑެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: