ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ އެ ރަށެއްގައި ދެވޭނެ އެންމެ މަތީ ދަރަޖައަކަށް ތެލެސީމީއަށް ފަރުވާ ދިނުން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތަކީ ތެލެސީމީއާއަށް ފަރުވާ ހޯދާ ކުދިންނާއި އާއިލާތަކަށް އެ ރަށެއްގައި ތިބެގެން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ފަރުވާ ލިބޭނެ މަގުފަހިކޮށްދެއްވުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސާދު ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތްތަކާއި އެކު ތަރައްގީތައް ގެނައުމުގެ މައްސައްކަތްތައްވެސް ކުރަމުންދާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ކައުންސިލުތަކުންވެސް ތަރުތީބުކުރުމުގެ މަސައްކަތްތައް ކުރުމަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަރުތީބުކޮށްދެއްވުމަށް އެދިވަޑައިގަންނަވަނީ އެއް ފަހަރާ ހުރިހާ މަސައްކަތްތައް ނުފެށޭނަކަމަށްވުމުންކަމަށާއި އެހެންކަމުން އެ އިރުޝާދު ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށްވެސް ދެއްވާކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ ތަރުތީބުކުރުމަށްފަހު އެންމެ އެދޭ ކަންކަމަށް އިސްކަން ދީގެން މަސައްކަތްތައް ކުރާނެކަމަށާއި ޕީއެސްއައިޕީ މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފި ހާލަތެއްގައި އާމްދަނީއާއި ހަރަދުތައް ދެކޮޅު ޖައްސަމުން ހުރިހާ މަސައްކަތްތަކެއްވެސް ކުރެވިގެންދާނެކަަމށްވެސް ހިއްސާކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވަންދޫގެ ސިއްހީ ނިޒާމުގެ ތެރެއިން ކުރުމަށް ކަނޑައެޅި ބަޔަކާއި ހަވާލުވެފައިވާ މަސައްކަތެއް އެއްވެސް މިންގަނޑަކަށް ކުރިއަށް ނުދާކަން އެމަނިކުފާނާއި ހިއްސާކުރެވިފައިވާކަމަށާއި އެކަމުގެ ސަބަބުން ތެލިސީމިއާ ޕޭޝަންޓުންނަށާއި އެފަަދަ އެހެން ސިއްހީ ކަންކަން ތަހައްމަލުކުރަމުންދާ މީހުންނަށް ދަތިތައް ކުރިމަތިވެގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި އާއިލާތަކަށް ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނެ ގޮތްތައް އެ ރަށެއްގެ ނިސްބަތުން ދެވެންހުރި އެންމެ މަތީ ދަރަޖައަކަށް ދިނުން އަޅުގަނޑުމެންގެ ސިޔާސަތަކީ

ރައީސް ވިދާޅުވީ، ތެލަސީމިއާއަށް ފަރުވާ ދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަކީ ކެމްޕެއިންގެ ތެރެއިން ވެވަޑައިގެންނެވި މުހިންމު ވައުދެއްކަމަށާއި އެހެންކަމުން އެ ވައުދު ފުއްދެވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަރުވާ ހޯދަން ބޭނުންވާ ކުދިންނާއި އާއިލާތަކަށް ރަށްތަކުގައި ތިބެގެންވެސް އެ ފަރުވާ ލިބިގެން އޮތް އެންމެ މަތީ ދަރަޖައަކަށް ދިނުމަކީ ސަރުކާރުން އެކަމަށް އެކުލަވާލާފައިވާ ސިޔާސަތުކަމަށެވެ. އެހެންކަމުން އެކަމަށާއި ވަންދޫގެ ޖުމުލަ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ކުރިއަށް ގެންދަންޖެހޭ ހެލްތު ސެންޓަރުގެ މަޝްރޫޢުއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ތ އަތޮޅަށް ކުރައްވާ ދަތުރަށްފަހު ކަމާއި ބެހޭ ފަރާތްތަކާއިއެކު އެކަމާއި ގުޅުންހުރި މަޝްވަރާތައްކޮށް މަސައްކަތްތައް އަވަސްކޮށް ނިންމުމަށް ބާރުއަޅުއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: