ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1،500 ގައި، އިށީނާންނެ ގޮނޑިއެއްވެސް ނެތް: ރައީސް ސާލިހު

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 1،500 އަށް އަރާ ކަމަށް ފާހަގަކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން ކުރާ ކެމްޕެއިންގެ ތެރެއިން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ސާލިހު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މީހުން ގިނަ ކަމުން، ގިނަ ބޭފުޅުން އިށީނަވާނެ ގޮނޑިއެއްވެސް ނެތްކަމަށެވެ.

އެހެން ނޫންނަމަ، 100 އާއި 150 މިިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓު ހަރަދަށް ނުވަތަ، މުސާރައަކަށް ހޭދަކުރަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިއުޖެހިފައި ތިބޭކަމަށްވޭ، ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ ގޮނޑި ނެތިގެން.

ރައީސް ސާލިހު ވިދާޅުވިއެވެ.

ފައިސާ އިސްރާފު ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުއްޓާލާފައި ހުރި ޕްރޮޖެކްޓުތައް އަލުން ފަށަން ޖެހިއްޖެނަމަ އަނެއްކާވެސް ހަރަދފު ދެގުނަވެގެންދާނެކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ، މި ސަބަބުތަކަށްޓާކައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުކަމަށެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ނާމާންކަމާއި ކުރިމަތިވާނެކަމަށް ފާހަގަކޮށް، ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭފަދަ އެތައްކަމެއް ހިނގަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވާ ދައްކަވާ ވާހަކަތައް ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: