ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައުޖީލެއް ލީޑް ކޮށްދޭނެ މީހަކީ ރައީސް ސާލިހް : އަލީ ޒާހިރު

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ޖީލެއް ލީޑް ކޮށްދޭނެ މީހަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ޓްވީޓް ކުރައްވައި ވިދާޅުވީ ވަގުތާއި ހާލަތުގެ ސަބަބުން ގައުމުގައި އުފެދުނު ޖަޒްބާތުތަކާއި ފިކުރުތައް ނިމިގޮސް އައު ޖީލެއް ރައީސް ސާލިހް އިސްވެހުންނަވައި އުފެދިގެން ދާނެ ކަމަށެވެ.

ދިވެހިންގެ ތެރޭގައި އެވޭލާ ޒަމާނުގައި ބޭނުންކޮށް އުޅުނު ރައިވަރެއްގެ ބައެއް ހިމަނައި އަލީ ޒާހިރު ވިދާޅުވެފައިވަނީ ގަދަ ލަކުޑި ފީވެދާ ކަމަށާއި ގަދަ ދަނގަޑު ދަބަރަށް ވެދާ ކަމަށެވެ. އަދި ގަދަ ހިލަ އަނދާ ރޫޅި ދާ ކަމަށާއި އިންޖީނު ބަލިވެ ގަދަވެދާ ކަމަށެވެ.

މީގެ އިތުރުން ގަދަ ނިދިއަޔަސް މަޑުވެދާ އިރު ގަދަ އަލިފާން ނިވިދާކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ޖުމްލަ ގޮތެއްގައި އަލީ ޒާހިރުގެ ޓްވީޓްގައި ފާހަގަކޮށްފައިވަނީ މިވަގުތު ގައުމު ހަލަބޮލި ވެފައިވާ މިންވަރެވެ. އަދި އެ ހުރިހާ ހަލަބޮލިކަމަކުން އަރައިގަނެ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް ކާމިޔާބީ ހޯއްދަވާނެ ފަދަ މޭރުމަކުން އަލީ ޒާހިރު ވަނީ ޓްވީޓްކޮށްފައެވެ.

އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލު ކުރައްވާ ބޭފުޅެކެވެ. އަދާލަތު ޕާޓީގެ ފަރާތުންވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ. ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ވެސް ރައީސް ސާލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ މިސަރުކާރު ދިފާއު ކުރައްވާ ބޭފުޅެކެވެ.

އިމްރާންގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ މިސަރުކާރާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: