ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނުގެ ބޭނުން ނުހިފޭ: ސަލީމް

މެންބަރު އަހުމަދު ސަލީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައީސް އަދި ނައިބުރައީސް އަޒުލުކުރުމަށް ފަހިވެގެންދާ ގޮތަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލުތަކެއް ގެނައުމާއިއެކު ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައި އަމުރެއް ނެރެފައެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރުންގެ ވޯޓަކުން މަޖިލީހުންވަނީ އެ އަމުރަށް ތަބާ ނުވުމަށް ނިންމާފައެވެ. އަދި މެޖޯރިޓީ އޮތް އެމްޑީޕީއިންވަނީ މިހާރު އޮތް ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނު (ނަމްބަރު 2/2005) އުވާލުމަށް މަޖިލީހަށް ބިލެއް ހުށައަޅާފައެވެ. މި ބިލު ހުށައެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ހުށައަޅާ ސަބަބެއްގެ ގޮތުގައި ސަލީމްވަނީ އެ ގާނޫނުގެ ބޭނުން ހިފެން ނެތްކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ގާނޫނު އުވާލުމަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާއި ސުވާލުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނަކީ މިހާރު އަމަލުކުރާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ވުޖޫދުކުރުމުގެ ކުރިން އެކުލަވާލެވިފައިވާ ގާނޫނަކަށް ވާތީކަމަށާއި މިހާރު އަމަލުކުރާ ގާނޫނުއަސާސީގައިވެސް އެކަން ކުރުމަށް އުސޫލެއް ބަޔާންކޮށްފައިވާކަމުގެ މައްޗަށްވެސް އޭނާ އަލިއެޅުއްވިއެވެ.

ސަލީމް ވިދާޅުވީ، ވަޒީރުންގެ މަޖިލިހާއި ސަރުކާރުގައި ހިމެނޭ ކޮންމެ މީހަކާއިވެސް އެ މީހެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ސުވާލުކުރެވިދާނެކަމަށް ގާނޫނުއަސާސީގައި އޮންނަކަމަށާއި އެހެންނަމަވެސް އެ މާއްދާއިން ލިބިދީފައިވާ ހައްގުތައް މިހާރު އަމަލުކުރަމުންދާ ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނުން ހަނިވެގެންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގާނޫނު އުވާލުމަށްޓަކައި ހުށައެޅުއްވި ސަބަބުތަކުގެ ތެރޭގައި އެކަންވެސް ހިމެނޭކަމަށާއި އެ ގާނޫނަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ ވުޖޫދުކުރުމަށްފަހު އިސްލާހުކުރެވިފައިނުވާ ގާނޫނެއްކަށްވާއިރު އެ ގާނޫނުގެ ބޭނުން ނުހިފޭކަމަށްވުމަކީ އުވާލުމަށް ހުށައަޅާފައިވާ އެއް ސަބަބުކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: