ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ދީ، ބިލުތައް ފޮނުވަނީ!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ރޯދަ މަހު ބޭނުން ކުރި ކަރަންޓުގެ ބިލުން ވެސް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހަރަދުތުތައް ރޯދަ މަހު ބޮޑުވާތީ، ރައީސް އެންމެ ފުރަތަމަ ނިންމެވީ ރޯދަ މަހު ލިބޭ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށެވެ. އެކަމަކު ހޫނު މޫސުމާއި ވެސް ދިމާވެ، މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އާންމު ރައްޔިތުންގެ ވަނީ އިތުރުވެފަ އެވެ.

ބިލުގެ ޑިސްކައުންޓުތަކާއި ގުޅޭގޮތުން ދާދިފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މީޑިއާތަކަށް މައުލޫމާތު ވެސް ދެއްވާފަ އެވެ.

ފަހުމީ މިއަދު މީޑިއާތަކަށް ވިދާޅުވީ މިދިޔަ މަހުގެ ބިލުން ވެސް ޑިސްކައުންޓު ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ޑިސްކައުންޓުތައް ހިމަނައި ބިލުތައް އަލުން ފޮނުވާނެކަމަށް ފަހުމީ ވިދާޅުވި އެވެ.

ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތަކަށް ފަހުމީ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އެކު އަބަދުވެސް އޭގެ އަސަރު ކަރަންޓު ބިލުތަކުން ފެންނަ ކަމަށެވެ. ރޯދަ މަހަކީ އާންމު ދިރިއުޅުމުގެ ހަރަދު ބޮޑު މަހަކަށްވުމާއި އެކު، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ވެސް އެ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ އަލަށް ކަރަންޓުގެ ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށް ވެސް، އެ މީހުން ކަރަންޓު ބޭނުންކުރި މިންވަރުގެ އެއްވެސް ހިސްޓްރީއެއް ނެތި ވެސް ސަރުކާރުން ނިންމި ރޭންޖުގެ ތެރެއިން ޑިސްކައުންޓު ދެވުނު ކަމަށެވެ.

ސްޓެލްކޯއިން ފާހަގަކުރި ބައިތައް ރަނގަޅު ނަމަވެސް ޑިސްކައުންޓު ދިން ބިލަކީ އުސޫލެއްގެ ގޮތުން ބަލާއިރު ޝައުބާން މަހު ބޭނުން ކުރި ކަރަންޓުކަން ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މިއީ އޮޅުން އަރާކަމަކަށް ވާތީ އެކަން ސާފުކޮށް ދިނުމަށް ނޫސްވެރިޔާ އެދުމުން ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ޕީކާއި، އެހެން މަސްތަކުގެ ޕީކް އާއި ވެސް ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާދައިގެ ދުވަސްތަކުގައި މެންދުރު ޕީކްވި ނަމަވެސް، ރޯދަ މަހުގެ ޕީކް ވަނީ ހަވީރުގެ ވަގުތުތަކުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ބައެއް ކަސްޓަމަރުންގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ޑިސްކައުންޓާއި އެކު ލިބުނުކަން ގަބޫލު ކުރާކަމަށާއި ޖުމްލަކޮށް ބަލާއިރު ގިނަ ކަސްޓަމަރުންނަށް ބިލް ދެވިފައި ހުރީ ރަނގަޅަށްކަމަށް ފަހުމީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: