ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔެކިއުންތަކެއް އުފައްދައިގެން ބޭރުން މުދާ ގެނައި މައްސަލައެއްގައި މީހެއްގެ މައްޗަށް 23 ދައުވާއެއް ކުރުމަށް ޕީޖީއިން ކޯޓަށް ހުށައަޅައިފި!

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ގަތުމަށްފަހު، ފައިސާ ދެއްކި ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔެކިއުންތަކެއް އުފައްދައި ހުށައެޅި މައްސަލައެއްގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާރ ގެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ހިއްސާކޮށްފައިވާގޮތުން، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމަށްވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށްފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ މއ ހަނީސަކަލް 1 ހުސައިން ޝިފާއު އަދި އިތުރު މީހެއްކަމަށާއި މުދާ އެތެރެ ކުރުމަށްފަހު، ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާ ހީލަތް ހަދާފައިވާކަމަށް ބުނެފައިވެއެވެ.

ޕީޖީއިން ބުނެފައިވާގޮތުން އެ މައްސަލައިގައި ދައުވާ ކުރެވޭ ފަރާތުގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 ދައުވާ އާއި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 ދައުވާ އެއްގެ އިތުރުން މަނީ ލޯންޑްރިންގގެ ކުށުގެ 07 ދައުވާއެއްކަމަށެވެ. އެހެންކަމުން ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށް ބުނެފައިވެއެވެ.

ޕީޖީއިން ބުނެފައިވާގޮތުން މި މައްސަލައިގައި ދައުވާތައް ސާބިތުވެއްޖެ ހާލަތެއްގައި ޝިފާއުގެ މައްޗަށް މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޕީޖީއިން ބުނެފައިވާގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއް ލައްކަ ތޭވީސް ހާސް އައް ސަތޭކަ ސާޅީސް ހަތަރެއް ޕޮއިންޓު ފަންސާސް ހަތަރު) ޑޮލަރު ނުވަތަ 1،909،682 (އެއް މިލިއަން ނުވަ ސަތޭކަ ނުވަ ހާސް ހަ ސަތޭކަ އައްޑިހަ ދެއެއް) ރުފިޔާއެވެ. ޕީޖީއިންވަނީ އެ ފައިސާ ދައުލަތަށް ނައިގަދިނުމަށް ކޯޓަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: