ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭގޮތަށް ޕީޖީން ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ މައްސަލަތަށް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފިއެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ޕޖީން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޕީޖީން ވަނީ މައުލޫމާތު ދީފައެވެ.

ޕީޖީން ބުނެފައި ވަނީ އެ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ މައްސަލައިގައި އަނިޔާ ލިބުނު މީހައަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި އަދި އެދުވަސްތަކުގައި މައްސަލައަށްވާ ގޮތަ ވެސް ޕީޖީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މިފަދަކަން ކުރުމުގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވާ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުން ކަމަށް ޕީޖީން ވަނީ ބުނެފައެވެ. 

ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާ (މަޤްޞަދު) ގެ (ށ) ގައި ބަޔާންކުރާގޮތުން، އެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ކަމަށް ޕީޖީން ވަނީ ބުނެފައެވެ. ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ޕީޖީގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. 

އެހެންކަމުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އެ ޤާނޫނުގެ 142 ވަނަ މާއްދާ (ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުން) ގައި ބަޔާންކުރާ ގޮތުގެ މަތިން، މެދުކެނޑުމެއް ނެތި މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވުމަށާއި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް ޕީޖީން އޮޓޮމެޓިކުން ސިޓީ ފޮނުވަން ފަށައިފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، ސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވަމުން ކަމަށް ޕީޖީން ވަޏީ މައުލާމާތު ދީފައެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެކަމަށާއި އަދި އޭގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: