ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު 2016 ގައި ގެއްލުނުކަމަށް ޝާހިދު ވިދާޅުވި ވާހަކައިގައި ހަގީގަތެއް ނެތް: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮންނާނެކަމަށް ދައުވަ ކުރަން ލިބުނު ފަހު ފުރުސަތު 2016 ގައި ގެއްލުނުކަމަށް ސަރުކާރުން ބުނުމަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ޗާގޮސްގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ދިޔާނާ ވާހަކަ ދައްކަވަމުން ގެންދަވާތީ ސަރުކާރުގެ މެމްބަރުންގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ދިޔާނާގެ ބަންޑާރަ ނައިބުގެ ދުވަސްވަރު އެކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރީ ކީއްވެގެން ތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އިޓްލޮސްގެ ނިންމުމަކީ ކާމިޔާބީއެއްކަމަށް ފާހަގަކޮށް ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމާއި މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކަށް މޮރިޝަސް އެދުމުން އޭގެ މުގާބިލުގައި ރާއްޖެއިން އެއްވެސް ކަމެއް ނުކުރުމުގެ ސަބަބުން 2016 ގައި ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތު އޮންނާނެކަމަށް ދައުވާ ކުރުމުގެ ފަހު ފުރުސަތު ގެއްލިގެން ދިޔަކަމަށް ވިދާޅުވެފަ އެވެ.

ޝާހިދަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ، ޗާގޮސްގެ މައްޗަށް ރާއްޖޭން ސިޔާދަތަށް ދައުވާ ކުރެވޭނެ ފަހު ފުރުސަތު ގެއްލުނުކަމަށް ދެއްކެވި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިން (އައިސީޖޭ) އިން ނެރުނު އިޝްތިޝާރީ ލަފާއަކީ ކުޝޫމަތެއް ފައިސަލާކޮށް ބަނދެވޭ ގޮތަށް އޮތް އެންމެ ފަހުގެ ނިންމުމެއް ނޫން ކަމަށެވެ.

ދިޔާނާ ވިދާޅުވީ ސިޔާސަތުގެ ދައުވާ ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅުން މިހާރު އެކަމުގައި އޮތް އެންމެ ބޮޑު ހުރަހެއްކަމަށް ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ކަމަށެވެ. އަދި ރައީސް ފޮނުވި ސިޓީއަކީ މިކަމުގައި ދިވެހިން ދައުލަތުގެ، އެންމެ ފަހުގެ ނިންމުންކަމަށް ނިމިއްޖެ ނަމަ އެކަން ހުރަހަކަށް ވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ފޮނުއްވި ސިޓީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އދގެ އާންމު މަޖިލީހުން ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ކޮޅަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރާކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މޮރިޝަސްއިން އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދޭކަމަށާއި، ރާއްޖެ އެ ގައުމާއިއެކުގައި ވާކަމަށްވެސް ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވާގޮތުން ރާއްޖެއަކީ ސަރަހައްދީ ހަމަޖެހުމާއި މިނިވަންކަމުގެ މުހިންމުކަން ދަންނަ ގައުމެކެވެ. އެހެންކަމުން މޮރިޝަސްގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތްތައް ބަލައިގަންނަކަމަށާއި އެގޮތުން ޗާގޮސް އާކިޕެލެގޯގެ މައްޗަށް އެ ގައުމުގެ ހައްގު އޮތްކަމަށާއި އދގެ ނިންމުމަށް ތާއީދުކުރާކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު މި މައްސަލައިގައި ކުރާ ތުހުމަތުތަކަށް ރައީސް ވިދާޅުވީ އެމަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓިއެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ސިޓީ އަކީ ސައްހަ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގައި އަސްކަރީ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައިވާ ހުރިހައި ވާހަކަތަކެއްހެން އިޓްލޮސްއިން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ނޫން އެހެން އެއްވެސް ވާހަކައެއް ސިޓީގައި ބަޔާންކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޮރިޝަސް އިން ރާއްޖެއާއި ދެކޮޅަށް ދައުވާކޮށްފައިވަނިކޮށް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސް ކޮޅަށް އެރުމަކީ ރާއްޖޭގެ ޕޮޒިޝަން ވީކްވެ ޕޮޒިޝަނަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ދިޔާނާ މީގެ ކުރިން ވެސް ފާހަގަކުރި އެވެ.

ޗާގޮސްގެ މައްސަލައިގައި ދިވެހިރާއްޖެ އިން ފުރަތަމަ ބުނެފައިވަނީ އެ މައްސަލަ އަކީ އީއީޒެޑް ބެހުމުގެ މައްސަލަ އަކަށް ވުރެ ބޮޑަށް މޮރިޝަސް އިން ޗާގޮސްގެ ސިޔާދަތުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެމައްސަލަ އަކީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްގެ މައްޗަށް ހޯދުމަށް ވަލުދޮރާށިން ހުށައަޅާފައިވާ މައްސަލަ އެއް ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މީގެ ކުރިން ދިވެހިރާއްޖެއިން ނެގި ސްޓޭންޑަކީ މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް ހިނގާ ކަން ބަލައިނުގަތުން ކަމަށެވެ. ނަަމަވެސް މައްސަލަ ކުރިއަށްދަނިކޮށް ދިވެހި ސަރުކާރުގެ ސްޓޭންޑާއި ފެއަށްޖެހި މޮރިޝަސްގެ ސިޔާދަތު ބަލައިގަނެފި ކަމަށް ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: