ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް ސަރުކާރުން އެއްބަސްވީ މަޖުބޫރުވެގެން: ސައީދު

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބައެއް ގެއްލޭ ގޮތަށް ސަރުކާރުން އެއްބަސްވީ މަޖުބޫރުވެގެންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ “ފޯޅަވަހި ކޮމިޓީ” ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން ގެއްލިގެން ދިޔަ ބޮޑުބައި ހޯދުމުގެ މަސައްކަތް ޕީޕީއެމް/ޕީއެންސީއިން ކުރަމުންދާކަމަށާއި، އަދި މިކަމުގައި އެންމެ ޒިންމާދާރު ޕާޓީގެ ގޮތުން ކުރެވެން ހުރި މުހިންމު މަސައްކަތްކަކަކީ ކޮބައިތޯ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

މިކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި އަދި ރާއްޖޭގެ މިކަމުގެ މާހިރުން، ފަންނީ ބޭފުޅުންގެ ލަފާވެސް ހޯދަމުން. އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން.

ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިކަމަށްޓަކައި ޕާޓީގެ ފަރާތުން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

ޗާގޯސްގެ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުން އިދިކޮޅުން ގަބޫލުނުކުރާކަމަށެވެ. ރަސްމީކޮށް މި ވާހަކަތައް ދެއްކުމުގެ ކުރިން އިދިކޮޅުން ގާނޫނީ އަދި އިލްމީ ބޭފުޅުންނާއި ވަރަށް ގިނަ ވާހަކަތައް ދައްކާ މަޝްވަރާތައް ކޮށްފައިވާނެކަމަށާއި، ރާއްޖޭގެ ބައެއް ގެއްލިގެންދިޔައިރު ގޯސްތަކެއް ހިނގައިފައިނުވާނެކަން އާންމު ބުއްދި ގަބޫލުނުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައެއް ގެއްލޭގޮތަށް ސަރުކާރުން އެއްބަސްވެފައިވަނީ ވަރަށް ބޮޑެތި މަޖުބޫރުތަކެއްގެ ސަބަބުންކަމަށެވެ. ރިއަލް މެރިޓައިމް ޓްރެފިކް ބަލާލުމުންވެސް ރާއްޖެއަށް ގެއްލުނު ހިސާބުގައި ދާ ޖަހައިގެން މޮރިޝަސް އިން މަސްވެރިކަން ކުރަމުންދާކަން ސާފުވާން އެބައޮތްކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެ ސަރަހައްދުގެ ތެރެއަށް މީގެ ކުރިން ނުވަންނަ ބޯޓުތައް ވަންނަމުންދާކަމަށާއި، މޮރިޝަސްއިން މަސްވެރިކަން ކުރަނީ ކަނޑު ވިއްކައިގެންކަމަށެވެ.

އަޅުގަނޑުމެންގެ ބެލުންތަކުން އެނގެނީ މިހާރުވެސް އެމީހުން ކަނޑުގައި ދާ އަޅާ ފަރާތްތަކާއި، މާ ކުރިން ސުރެ މި ޑީލް ހަދާ، އެ ކަނޑުގައި ދާ އެޅޭނެ އިންތިޒާމްތައް އެއޮތީ ރަސްމީ ސިފައެއްގައިކޮށްފައޭ.

މިއީ އަދަޔާ ހިލާފަށް، ކަޅުބިލަ މަހާއި، ކަންނެލީގެ ބަވަތްތައް އިތުރުވަމުން އަންނަ ސަރަހައްދެއްކަމަށާއި، އެހެންކަމުން އިޓްލޮސްއަށް މައްސަލަ ވެއްދުމާއިއެކު، މޮރިޝަސްއިން ދާ އަޅަން ޝައުގުވެރިވާ ފަރާތްތަކާއި މަޝްވަރާތަކެއްކުރަމުން އައުން އެކަށީގެންވާކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: