ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ގުޅުންބަދަހި ކުރުމުގެ ނަމުގައި ރައީސް ސާލިހު ކުރައްވާ މަސައްކަތަކީ ރައްޔިތުން ކަނުބަނދެ ގައުމު ވިއްކުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހާރިޖީ ގުޅުން ބަދަހި ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާ މަސައްކަތަށް ކިޔަނީ ރައްޔިތުން ކަނުބަނދެ ގައުމު ވިއްކުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 

ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިހާރު ފާސްކުރަން އުޅޭ ގާނޫނުލް އުގޫބާތުގެ ދަށުން ފ ބިލަތްދޫގައި ބިދޭސީ ބަޔަކު ނިކުމެ ހިންދޫ ދީނުގެ އަޅުކަން ކރުި މައްސަލައާ ދެކޮޅަށް ވާހަކަ ދެއްކުންވެސް ވާނީ ބޭރު ގައުމަތަކާއި މެދު ނަފްރަތު އުފެއްދުން ކަމަށވެ. އަދި އެއީ ހާރިޖީ ގުޅުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ބަޔަކު މީހުން ހިންދޫ ދީނުގެ އަޅުކަން ކުރުމަށް އެމީހުންގެ ކަލާނގެ އަތަށް ލައިގެން ރަށުތެރޭގައި ހިނގަމުންދާ މަންޒަރެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލަ އެއް ފުލުހަށް ހުށައެޅި އެމައްސަލަ ދަނީ ބަލަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާ އަށް ނިސްބަތްވާ ބަޔަކު ވަނީ ދޮންކެޔޮ ފަތެއްގެ މަތީގައި އެމީހުން އަޅުކަންކުރަން ގެންގުޅޭ ކުޑަ ބުދެއް ބައިންދައިގެން އޭގައި ދުންދަނޑި ހަރުކޮށްގެން އަޅުކަމެއް ކުރުމަށް މުޅިރަށުގައި ހިނގައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: