ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި މިއަހަރުވެސް ރާއްޖެ ދަށަށް!

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ރިޕޯޓްގައި ރާއްޖެ 13 ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ މިހާރު ވަނީ 100 އަށް ވެއްޓިފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ “ރިޕޯޓާސް ވިތްއައުޓް ބޯޑާސް” އިން އެކުލަވާލާ ރިޕޯޓެކެވެ.

ސިޔާސީ ގޮތުން ރާއްޖޭގެ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އެންމެ ދަށަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އަބުރުގެ ގާނޫނެއް އެކުލުވާލައި ގެނައި ބައެއް އިސްލާހުތަކާއި މީޑިއާތައް ޖޫރިމަނާކޮށް ބައެއް ނޫސްވެރިން ތަފާތު އެކި ތުހުމަތުތަކުގައި ފުލުހަށް ހާޒިރުކޮށް މުޒާހަރާތައް ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ކުށުގެ ދައުވާ ކުރިޔަށް ގެންދިއުމުގެ ސަބަބުން 2018 ގެ އިންޑެކްސް ރިޕޯޓުން ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

އެހެންވެ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް ދީ، އަބުރުގެ ގާނޫނު އުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ބައެއް މައްސަލަތަކުގައި މީޑިއާތަށް ޖޫރިމަނާ ކުރިއެވެ. އަދި މަސްދަރު ހާމަ ކުރަން ޖެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، މީޑިއާތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ދަށް ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ  ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ހަމައެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިތާބުގައި، ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި މުޖުތަމައުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ.

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި، އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަން ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: