ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އެސްއެމްއީ ޕޯޓަލްއާއެކު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

އެސްޑީއެފްސީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަޕްގްރޭޑް ކުރެވިފައިވާ އާ އެސްއެމްއީ ޕޯޓަލްއާއެކު ލޯނަށް އެދި ހުށަހެޅުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުޅުވާލައިފިއެވެ.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ލޯނަށް ހުށަހަޅާ މި ކޯޕަރޭޝަންގެ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދި ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ.

8 ނޮވެމްބަރ 2020 ގައި ކަސްޓަމަރ ސާވިސް ޕޯޓަލް ލޯންޗް ކުރުމާއެކު މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ދިވެހިރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެސްޑީއެފްސީ ވެގެންދިޔުމާއެކު، 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެސްޑީއެފްސީން 1387 ލޯނު (1.67 ބިލިއަން ރުފިޔާ) އެޕްރޫވް ކޮށްފައިވެއެވެ. މިއަދު އާ ޕޯޓަލް ލޯންޗް ކުރުމާއެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާވިޔަފާރި، ވިޔަފާރި ތަރައްޤީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅެއެވެ.

އެސްޑީއެފްސީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، އަޕްގްރޭޑްކޮށްފައިވާ އެސްއެމްއީ ޕޯޓަލްއިން މިހާރު ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން، ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ބެލުމާއި، ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލޯނާ ގުޅޭގޮތުން އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މިގޮތުން އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، މަޢުލޫމާތު ސާފުކުރުމާއި، އެއްތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ކަސްޓަމަރުންގެ މަޢުލޫމާތު ބެލެހެއްޓޭނެކަމަށައި، އަދި މީގެއިތުރުން އެ ކަސްޓަމަރަކު ހިޔާރުކުރައްވަން އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއްވެސް ޤާއިމްކޮށް، ޕޯޓަލްގެ ނެވިގޭޝަން ފަސޭހަކުރުމަށް ’ސަރޗް‘ ފީޗަރ ތަޢާރަފްކޮށްފައިވާކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: