ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ބިލު ކުޑަ ވުމާއި، ބޮޑުވުންވެސް އޮތީ ކަސްޓަމަރުގެ އަތްމަތީގައި،

ކަރަންޓު އެއް ވިއުގައަކުން ގުޅާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޫނު މޫސުމުގެ ކަރަންޓު ބިލާއި އެކު މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ސްޓެލްކޯއިން ޜީޑިންގ ނުނަގާ ކަރަންޓް ބިލް ތައްޔާރު ކުރާ ވާހަކަ ނުވަތަ ކުރި ވާހަކައެވެ. ހަމަ މިއާއިއެކު ދެން އެންމެ ބޮޑަށް އަންނަ ޝަކުވާއަކީ، ކުރީމަހާއި އަޅާ ބަލައި ބިލަށް އިތުރުވެފައިވާ އަދަދުތަކާއި ގުޅޭގޮތުންނެވެ. ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުތަކުގެ ތެރެއިން ކަރަންޓު ބޮޑަށް ހަރަދުވާ އިލެކްޓްރޯނިކް ޑިވައިސެއް ބޭނުން ކުރާ މިންވަރަށް ބަދަލެއް ނާންނަކަމަށް ވާނަމަ ބިލު ބޮޑުވާން ޖެހޭ ސަބަބެއް ނެތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް އެ ގެއެއްގައި އޭސީ ޖައްސާ ގަޑިތަކަކީ އެހެން މަސްތަކާއި އެއް ވަގުތެއްކަމާއި، އަދި ދޮންނަ މެޝިނާއި މައިކްރޯވޭވް ބޭނުން ކުރަނީ ވަރަށް ބަލައިގެންކަމަށް ގިނަ ބަޔަކު ކުރާ ޝަކުވާތަކުގައި ވެއެވެ.

އެކަމަކު ވަރަށް ކުރުގޮތަކަށް ބުނާނަމަ، ކަރަންޓު ބިލު ބޮޑުވުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އަދި އެންމެ އާއްމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ހަކަތަށް ބޭނުން ކުރާ މިންވަރަށް އަންނަ ބަދަލުތަކެވެ. ނުވަތަ އިތުރުވުމެވެ. އާއްމު ހާލަތަށް ވުރެ ގިނައިން ކަރަންޓު ބޭނުން ކުރުމުގެ ސަބަބުން ނުވަތަ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުމުގެ ފުރުސަތު އޮވެ އެވެ. ހާއްސަކޮށް ހޫނު މޫސުމުގައި އޭސީއަކީ އެންމެ ބޮޑަށް ކަރަންޓު ބޭނުން ކުރާ އެއް އިލްކްޓްރޯނިކް ވަސީލަތެވެ. އެއީ އޭގެއިން ބޭނުން ވާ މިންވަރަށް ވުރެ ގިނައިން ހަކަތަ ބޭނުން ކުރަމުން ދާތީއާއި އެކު އެވެ.

އޭސީ ގިނައިން ބޭނުން ކުރާ ވަރަކަށް އަދި ފިނިހޫނުމުން ދަށްވީ ވަރަކަށް ކަރަންޓު ބިލު ބޮޑުވެ އެވެ. ހާއްސަކޮށް ގިނަ ދުވަސްވެފައި ހުންނަ، އޭސީ ޔުނިޓުތަކުން އިތުރަށް ހަކަތަ ބޭނުން ކުރަން ޖެހުމަކީ ވެސް އޭގެ އެއް ސަބަބެވެ. ހަމައެހެންމެ އޭސީ ޔުނިޓްތައް ހާމަކަން ބޮޑުތަނެއްގައި ހުރުމުގެ ބަދަލުގައި ބަންދު ތަނެއްގައި ހުރެއްޖެނަމަ ވެސް އޭސީ ހަކަތަ އުފެއްދުމުގައި ކަރަންޓް ބިލް ބޮޑވުެގެން ދެއެވެ.

ކަރަންޓު އިގްތިސާދު ކުރުމާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް، ސްޓެލްކޯއިން ނޫސްވެރިންނާއި އެކު ކުރިޔަށް ގެންދިޔަ ސެޝަނުގައި ކަރަންޓު ބިލު ބޮޑުވުމަށް ދިމާވާ އެކި ސަބަބުތައް ކިޔައިދިނެވެ. ކަރަންޓު ލޯޑު ކުރަނީ ކަސްޓަމަރުންގެ ފަރާތުންނެވެ. ނުވަތަ ކަރަންޓު ބިލު ދަށްވެ، ބޮޑުވަނީ ކަސްޓަމަރުން ބޭނުން ކުރާ އެޕްލަޔަންސްގެ ސަބަބުންނެވެ.

ކަރަންޓު ހޭދަ ކުރާ މިންވަރު ކުޑަކުރުމަށް ކުރާ އިލްތިމާސްގައި ސްޓެލްކޯގެ ވެސް އެންމެ ބޮޑު ސަމާލުކަމެއް އޮތީ އޭސީއަށެވެ. އެއީ ހާއްސަކޮށް މާލޭގެ ސަރަހައްދުގައި، ގެތަކުގެ ކޮންސްޓްރަކްޝަން ހުންނަ ގޮތުގެ ސަބަބުން ވައި ދައުރު ނުވާތީ އޭސީ ބޭނުން ކުރާ ގެތައް ގިނަވުމެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓުގެ ބޮޑު ކޮންސަމްޕްޝަނެއް ދަނީ، ހޫނު ކުރާ އަދި ފިނި ކުރާ ޒާތުގެ އެޕްލަޔަންސްތަކުންނެވެ. އެހެންކަމުން އޭގެ ތެރޭގައި އޭސީގެ އިތުރަށް، ފެން ހޫނު ކުރާ ޖަގާއި، މައިކްރޯވޭވް، އަވަން ފަދަ ތަކެތި ހިމެނެ އެވެ. މިއީ އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ދިވެހިން ބޭނުން ކުރާ ތަކެއްޗެވެ.

އާދައިގެ ދުވަސްތަކުގައި މެންދުރުގެ ވަގުތުތަކުގައި، އޭސީގެ ޓެމްޕަރޭޗާރ 25 ގައި ބަހައްޓައިގެން ވެސް ފިނިވާނެ އެވެ. އެހެން ނަމަވެސް ހޫނު މޫސުމުގައި އެ މިންވަރުގައި ބަހައްޓައިގެން ވެސް އާދަޔާހިލާފު ހޫނުކަމެއް އިހުސާސް ކުރެވޭނެ އެވެ. އަދި ހާއްސަ ގޮތެއްގައި ބަންދުކޮށް ހުރި ތަނެއްކަމަށްވުމާއި އެކު ވަންނަ ވަގުތުގައި އެހެން އުނދަގޫ އިހުސާސެއް ވެސް ކުރެވޭނެ އެވެ.

ހޫނު މޫސުމުގައި މިތަފާތުވާ ތަންކޮޅަކީ ކޮޓަރިއަށް ވަންނައިރުގައި ވެސް، އޭސީ ނުޖައްސައި ހުންނައިރު އެބަ ފާހަގަކުރެވޭ ކޮޓަރީގެ ތެރޭގައި އުދާސްތަކެއް އެބަހުރިކަން… ފާހަގަވާނެ ހޫނު ދުވަސްވަރު… އެހެންވީމަ މި ހުރިހާ އުދާސްތައް ދުއްވާލައި ކޮޓަރި ފިނިކުރަން އޭސީގެ އައުޓް ޑޯ ޔުނިޓު މި މަސައްކަތް ކުރަންޖެހޭ މިންވަރު އިތުރުވަނީ.. ދެން އަނެއްކާވެސް.. މި ބުނަނީ މިސާލަކީ މިއީ ގޯހެކޭ.. ތިމަންނާ އެއްކޮށް މިއުޅެނީ ހަމަ އޮފީހުގަ އޭ.. ރޭގަނޑު އޭ މި އަންނަނީ.. އައިއްސައޭ މި އޭސީ ޖައްސަނީ.. ކީއްވެގެންހޭ ތިހެންވާންވީ.. މިހާރު މި ބުނާ އެއްޗަކީ އޭސީ ބޭނުން ކުރާ މިންވަރު އެބައިތުރުވެޔޭ.. ހޫނުގަދަ ދުވަސްވަރު.. އެ މެއިންޓެއިން ކުރުމަށް އޭސީ ޔުނިޓު ކުރަންޖެހޭ މަސައްކަތް އެބައިތުރުވޭ.. އެއީ މި އަންނަ ތަފާތަކީ

ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، ހޫނު މޫސުމުގައި އޭސީ ޔުނިޓު ކުރަން ޖެހޭ މަސައްކަތް އެހެން ދުވަސްތަކާއި އަޅާބަލައި އިތުރެވެ.

ދެން އަނެއްކާވެސް މި ހުންނަނީ އޭސީ އިންސްޓޯލްކޮށްފައި ހުންނަގޮތް.. އޭސީ އިންސްޓޯލް ކުރާއިރު އެންމެ ފުރަތަމަ ބަލާ، އިންޑޯ ޔުނިޓަށް.. އިންޑޯ ޔުނިޓުގެ ކުރިމަތީގައި ކަބަޑެއް ބެހެއްޓީ.. ކަބަޑެއް ބައިންދާފަ ހަމަ އޭސީ ޖައްސާފައި މި ހުންނަނީ… އެކަމަކު އެނދުމަތީ އޮންނައިރު ފިންޏެއް ނުވޭ… ދެން ކިހިނެއް މި ހަދަނީ.. އަނެއްކާވެސް ޓެމްޕަރޭޝަށް ދަށް ކުރަނީ މި.. ދަށް މި ކުރަނީ 20 އަށް. 20 އަށް ލައިގެން ހަމައެއްގޮތަކަށް ވެސް އެނދުގަ އޮންނައިރު ފިންޏެއް ނުވޭ.. ދެން މިލަނީ 16 އަށް.. އެހެންވީމަ އެ 16 އަށް އަންނަން އޭސީ ކުރާނެ ދޯ ހަމަ މަސައްކަތް.. އޭސީއަކަށް ނޭނގޭނެ ދޯ ކުރިމަތީގައި މި އިންނަނީ ކަބަޑެއްކަމެއް.. އެހެންވީމަ އޭސީގެ އައުޓްޑޯ ޔުނިޓު ގޮސް ގިނަގިނައިން ޖެހޭނެ.. އިންޑޯ ޔުނިޓު ހަރުކުރާއިރު އެއްވެސް ކަހަލަ އޮބްސްޓެކަލްއެއް ކުރިމަތީ ނުބެހެއްޓުން އެއީ އެކަންތައް

ދެން އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ސައިޒުގެ މައްސަލަ އެކެވެ. ކުޑަ އޭސީއެއް ބޮޑުނަތަކަށް ފިނި ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި އޭސީއެއް ގަންނަން ފިހާރައަށް ދިއުމުން އެތަނަކުން ކޮޓަރީގެ ނުވަތަ އެ އިންސްޓޯލް ކުރާ ތަނެއްގެ ކުޑަބޮޑުމިން ބަލަނީ އެހެންވެ އެވެ.

އެތަނަކަށް އެންމެ އެކަށީގެން ވަނީ 9000 ނުވަތަ 24،000 ގެ ބީޓީޔޫއެއްކަމަށް އިރުޝާދު ދެނީ އެ ސަބަބާއި ހުރެ އެވެ.

މި ހުރިހާ މައްސަލަތަކެއް ފާހަގަކުރުމަށް ފަހު ސްޓެލްކޯއިން ބުނީ ކޮންމެ ކަސްޓަމަރަކަށް ވެސް ޔޫސޭޖު ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކޮންމެ ގެއެއްގެ ވެސް ކަރަންޓު މީޓަރުގައި ހުންނަ ރަތް ކުލައިގެ ނުވަތަ އޮރެންޖު ކުލައިގެ ބޮކި އަވަސް އަވަހަށް ނިވިދިއްލޭނަމަ އޭގެ މާނާއަކީ ކޮންމެވެސް އެއް ކަރަންޓު ސާމާނެއް ވަރަށް ބޮޑަށް ކަރަންޓު ބޭނުން ކުރަމުން ދިއުމެވެ.

އެހެންވީމަ އަހަރެމެންނަށް މީޓާރު ކުރިމަތީ ހުރެ ގޭގެ ކޮންމެ އެއްޗެއް އެހެން މީހަކު ކައިރީ ބުނަންވީ ނިއްވާލަދޭށޭ.. އޭރު ދެން ބަލަން ޖެހޭނީ އެއްކަލަ ބޮކި ނިވިދިއްލުމުގެ ސްޕީޑަށް.. މިސާލަކަށް ބޮކީގެ ސްޕީޑު ދަށްވެއްޖެ ނަމަ އޭރު ދަށްވީ ކޯޗެއްތޯ ބަލާފައި އެނގޭނެ އޭގެ މައްސަލައެއްކަން މިއުޅެނީ.. ކޮންމެ ހަ ސިކުންތަކުން އެއްފަހަރު އެ ބޮކި މި ދިއްލެނީ.. އެހެން ނޫނީ ސިކުންތަކުން ވެސް އަންނާނެ.. އޭގެ މާނައަކީ ކޮންމެވެސް އެކައްޗެއް ކަރަންޓު ވަރަށް ބޮޑަށް ކޮންޒިއުމް އެބަ ކުރެޔޭ.. އެހެންވީމަ އެއީ ހަމަ އަމިއްލައަށް ބަލާލެވޭނެ ކަންކަން..

ސްޓެލްކޯއިން ފާހަގަކުރި ގޮތަށް، އެ ކުންފުންޏަށް އެއްވެސް ގެއެއްގެ ކަރަންޓު މީޓަރަށް ބާރު ނުފޯރުވޭނެ އެވެ… …

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: