ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުން 1،5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފޮތިކޮތަޅު ބަހަން ނިންމައިފި

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ކޮންމެ ގޭބިސީ އަކަށް ފޮތިކޮތަޅު ޕެކެއް ބެހުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންނާ އެކު ކުރިއަށްދިޔަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ އަމާޒުގެ ދަށުން ފޮތި ކޮތަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ތިމާވެއްޓާބެހޭ އަމާޒުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއުއަކީ ޕްލާސްޓިކާއި ދުރުވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރާތާ ދެއަހަރު ވެފައިވާ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ފޮތިކޮތަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.

ފޮތި މެޓީރިއަލުން ހަދާފައި ހުންނަ ކޮތަޅު ޕެކެއް، ކޮންމެ ގެއަކަށް ކޮންމެ ގޭބިސީއަކަށް ސިޓީ ކައުންސިލުން ހަދިޔާކުރަނީ. އެ ޕެކްގައި އިންނާނީ 25 ކޮތަޅު. އެއީ ޝޮޕިންގ ބޭގްސް ގޮތަށް ބޭނުން ކުރަން. ރީޔޫސް ކުރެވޭނެ މި ކޮތަޅުތައް. 25 ކޮތަޅު ހިމެނޭ ޕެކް ހަދާފައި ކޮންމެ ގޭބިސީ އަކަށް އަޅުގަނޑުމެން ހަދިޔާ ކުރާ ގޮތަށް.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކޮތަޅު ޑެލިވަރީކޮށްދޭނެ ކަމަށެވެ.

ހަމަ ގެއަށް ގެންގޮސްދޭނެ. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލޭގެ ފޭސް 1 ފޭސް 2 ހިމެނޭ ގޮތަށް. ހުރިހާ ގޭބިސީ. މާނައަކީ މިސާލަކަށް ދިަހަބުރިއަށް ހުރި އިމާރާތެއް ނަމަ އެ އިމާރާތުގައި ހުރި ހުރިހާ އެޕާޓްމެންޓަކަށް ޑެލިވަރ ކޮށްދޭނަމޭ.

މުއިއްޒު ވިދާޅުވީ 50،000 ކޮތަޅު ތައްޔާރު ކުރުމުން ހުރިހާ ގޭބިސީ އަކަށް ފުދޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށް ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އާއްމު ބައްދަލުވުމެއްގައި ވަނީ ފޮތިކޮތަޅު ހަދިޔާ ކުރުމަށް ނިންމާފައެވެ.

ފޮތިކޮތަޅު ތައްޔާރު ކުރުމާއި ބެހުމަށް 1.5 މިލިއަން ރުފިޔާ ހަރަދު ވާނެ  ކަމަށް މުއިއްޒު ވަނީ އާއްމު ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: