ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުން ވައްކަންކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް މޭޔަރ އާޒިމް ގޮވާލައްވައިފި

ފޮޓޯ: މާލެ ސިޓީ ކައުންސިލ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ޣައިރު ޤާނޫނީ އަދި ނާތަހުޒީބު ޢަމަލުތައް ހިންގާ ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރު މިފަދައިން ގޮވާލެއްވީ، މިފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، އެންމެ ފަހުން މި ހިނގާ މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަސްޖިދުއް ޢަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި އެލްމެނިއަމް ކާނުމަތިގަނޑު ވަނީ ވަގަށް ނަގާފައެވެ. މި މައްސަލަ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން މިހާރު ވަނީ އެ އަމަލު ހިންގި މީހާގެ އިތުރުން ވަގަށް ނެގި ކާނުމަތިގަނޑު ވެސް ހޯދާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. މިގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓްތަކާއި، ފެން އިސްކުރުތަކުގެ އިތުރުން އަގުބޮޑު ސައުންޑް ސިސްޓަމްތައް ފަދަ ތަކެތި ވެސް މިފަހުން ވަނީ ވަގަށް ނަގާފައެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެ ތަންތަން ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން ނަމާދަށް އަރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރައެވެ. އަދި މިކަމުގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: