ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ހައްލު ނުކުރެވެނީ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް ވުރެ ޑިމާންޑު ބޮޑުވާތީ: ޑީޑީ

ޑރ. ޑީޑީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮސްޕިޓަލުތަކުގައި ހުރި މައްސަތައް ހައްލުކުރުމަށް އޮތް ގޮންޖެހުމަކީ ކެޕޭސިޓީއަށްވުރެ ޑިމާންޑް ބޮޑުވުންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޝަކުވާތައް އިވޭތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާއި، ކޮންމެ ސަރުކާރަކަށްވެސް މި ޝަކުވާ ހުށައެޅިގެންދާކަމަށެވެ. ސިއްހީ ދާއިރާގައި އުޅުއްވަނީ ވަރަށް ބުރަކޮށް، ބޮޑެތި ރިސްކްތަކެއް ނަންގަވައިގެން މަސައްކަތްކުރައްވާ ބައެއްކަމަށް ފާހަގަކޮށް ޑރ ޑީޑީ ވިދާޅުވީ އެހެން ނަމަވެސް މި ނޫން ސަރުކާރަކުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެޑްރެސްކޮށްފައިނުވާކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށް ގެނެސްދެއްވީ ހެޔޮ ބަދަލެއްކަމަށާއި، ނަމަވެސް މި ހެޔޮ ބަދަލުވެސް ސިޔާސީ ބޭނުމަކަށް މުޅިން ތަފާތު ގޮތަކަށް އޮޅުވާލައިގެން ދެއްކުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

މިސާލަކަށް ސަބްސްޕެޝަލިސްޓްއަކަށް މުސާރައިގެ ގޮތުގައި އެލަވަންސްނުލާވެސް 98،000 ރުފިޔާ ޖެހޭ ވާހަކަ ނޫސްތަކުގައި އޮއްވާ، ދެން ބައެއް އެހެން ނޫސްތަކުގައި، ސިޔާސީ ނުފޫޒު ފޯރުވައިގެން ބައެއް އެހެން ނޫސްތަކުން މި ފެންނަނީ އެ މުސާރަ ލިބޭ އެއްވެސް ސަބްސްޕެޝަލިސްޓެއް މި ރާއްޖެއަކު ނެތޭ. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު.

މީގެ ކުރީގައި ރާއްޖެއިން ހިދުމަތް ނުހޯދޭ އެތައް ދާއިރާއަކުން ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު އަތޮޅުތެރޭގައިވެސް ހަމަޖެހިފައިވާކަމަށާއި، އެގޮތުން އައްޑޫ ސިޓީގެ ހުޅުދޫ އިން ޑައިލިސިސް ހެދޭކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށް ގެނައި ބަދަލުތަކާއިއެކުވެސް، އެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީއިންގެ މުސާރަ ބޮޑުވެފައިނުވާކަން ނޫސްވެރިޔާ ފާހަގަކުރުމުން ރައްދުދެއްވާ ޑރ ޑީޑީ ވިދާޅުވީ އެއީ ނާއިންސާފުން ހިނގައިދިޔަ ކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

އެގޮތުން ޑރ. ޑީޑީ ވިދާޅުވީ ބިދޭސީއިންނަށް އެކޮމޮޑޭޝަންވެސްދޭކަމަށާއި، ވިސާ ފީއާއި އަދި އިތުރު އެލަވަންސްތަކެއްވެސް ލިބޭއިރު، ޗުއްޓީއަށް ދާން ދެކޮޅު ޓިކެޓު ލިބޭކަމަށެވެ.

ބިދޭސީންނަށް މާކުރިން މުސާރަ އޮތީ ބޮޑުވެފައިކަމަށާއި، ނަމަވެސް އޭރުވެސް ދިވެހިންނަށް ބިދޭސީ މީހާއަށް ލިބޭ އެލަވަންސްތަކާއި އިތުރު އެހެން ފައިސާވެސް ނުލިބޭކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

މުސާރަ ބޯޑުކުރިއިރު، ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތްތައް އެންމެ ފުރިހަމަތޯ ބުނެ އުފައްދާ ސުވާލަށް ޖަވާބުދެއްވަމުން ޑރ ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ފަރާތުން ލިބޭ ގެއްލުން ތަހުގީގު ކުރުން މޮނީޓާރ ކުރަން ޖެހޭކަމަށެވެ. އައިޗީއެމްއެޗް ފަދަ ހޮސްޕިޓަލްތަކުގައި ހިދުމަތް ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ކެޕޭސިޓީއަށްވުރެ ޑިމާންޑް ބޮޑުވެއްޖެކަމަށްވަނީނަމަ، ކިތައްމެ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް މައްސަލަތައް ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: