ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެވަޑައިގެންފި

ރައީސް ސާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ މިދަތުރުފުޅުގައި ވަނީ، އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ރަސްމީކޮށް ވަޑުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ޗާލްސް ތަހުތުގައި ވެޑުވި ޖަލްސާގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ރައީސް ސާލިހްގެ ދެކަނބަަލުން ކުރެއްވި ދަތުރުފުޅަށް 9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ކުރެއްވި ފަސް ދުވަހުގެ ދަތުރަށް ވެސް ވަނީ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: