ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގައި ހިނގާ ކުށްތަކުގެ މައްސަލަތައް ފުވައްމުލަކު ގޮފިން ބަލައިގަންނަން ފަށައިފި

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލައް ސިޓީގައި ހިނގާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީސްގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

މީގެ ކުރިން ފުވައްމުލަކުގައި ތަހުގީގު ކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީގެ އައްޑޫ ގޮފިންނެވެ.

ފުވައްމުލަށް ސިޓީއަކަށް ބަދަލުވުމާއެކު ޕީޖީ އޮފީހުގެ އަމާޒަކަށް ވީ ފުވައްމުލަކުގައި ގާއިމްވެތިބި ތަހުގީގީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެ އޮފީހުން ބުނެފައިވެއެވެ. މިހާރު އިދާރީ މުވައްޒަފުންނާއެކު ފުވައްމުލަކު ގޮފީގައި މައްސަލަ ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެކަމުގެ ސަބަބުން ފުވައްމުލަކުގައި ކުރާ ކިނާއީ ކުށްތަކުގެ މައްސަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ އެ އޮފީހުގެ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުމާއި ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމްކުރުމަށް ފުލުހުންނާއި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުން ކުރާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ އޮފީހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: