ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުކޮށްފައި ވަނީ ވަގުތީ ވޯޓާސް ލިސްޓު، ފައިނަލް ލިސްޓު އާންމު ކުރާނީ ޖޫން މަހު!

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަރާތުން މިހަރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ، ވަގުތީ ލިސްޓެއްކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ، އިންތިޙާބުތަކާއި ބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި ހލާފަށް އާންމުކޮށްފައިވާ ލިސްޓެއްކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ތުހުމަތުކުރެއްވުމާއި ގުޅިގެންނެވެ.

ރުކުމާ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރީ އިންތިޙާބުތަކާއިބެހޭ ޢާންމު ޤާނޫނު 11/2008 ގެ 8 ވަނަ މާއްދާގެ (ށ) ގައިވާ މައުލޫމާތު ނުހިމަނާކަމަށެވެ. މެއި 2 ގައި ރަޖިސްޓްރީ އާންމުކޮށް، 31 މެއި އަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވާއިރު ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައިވާގޮތަށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ދޫކޮށްފައި ނުވާކަމަށްވެސް ރުކުމާ ވަނީ ވިދާޅުވެފައެވެ.

ޕީޑީއެފް ކޮށް މީހުން ދިރިއުޅޭ ރަށްރަށް ވަކިން އަަންމުކުރުމަށްފަހު، ސަރުކާރަށް ފަހުގެ ފޮޓޯޖެހި ލިސްޓު ދިނުމަކީ ކަނޑައެޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވަން އީސީއިން ހިންގާ އަމަލެއްކަމަށްވެސް ރުކުމާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން “ސަންގުން” ސުވާލުކުރުމުން ހަބީބް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ ރަޖިސްޓްރީ ސައްހަކުރުމުގެ މަސައްކަތް ދުރާލާ ފެށުމުގެ ގޮތުން، ވީހާވެސް ދިގު މުއްދަތެއް ރައްޔިތުންނަށް ދިނުމަށް ބޭނުންވާތީ ގާނޫނީ ގޮތުން އޮންނަ މުއްދަތުގެ ކުރިން އާންމުކޮށްފައިވާ ލިސްޓެއްކަމަށެވެ. މި ވާހަކަ ވޯޓާސް ލިސްޓު އާންމުކުރި އިއުލާނުގައިވެސް ބުނެފައިވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

ފައިނަލް ވޯޓާސް ލިސްޓު އާންމުކުރަންޖެހޭނީ ޖޫން މަހުގެ ތެރޭގައިކަމަށާއި، މެއި މަހުގެ ތެރޭގައި ވަގުތީ ލިސްޓެއް އާންމުކުރުމުގެ ބޭނުމަކީ މިކަމަށް ގާނޫނީ ގޮތުން އޮންނަނީ ވަރަށް ކުރު މުއްދަތަކަށް ވާތީ، ދުރާލާ ލިސްޓުގައި ހުރި މައްސަލަތައް ދެނެގަތުމަށްކަމަށް ގިނަ ދުވަސްދިނުންކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ފައިނަލް ލިސްޓު އާންމުކުރުމުގައި މިހާރު ނެެރެފައިވާ ވަގުތީ ލިސްޓުގައި ހުރި މައްސަލަތައްކަމަށް ބުނެ ހުށައަޅާ ޝަކުވާއަށްވެސް ރިޔާއަތްކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: