ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑު މައްސަލައިގައި ސަސްޕެންޑު ކުރި އަބްދުﷲ އަށް ބްރިގޭޑިއާ ޖެނެރަލްކަން

ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރަކަށް ހުންނެވި އަބްދުﷲ އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅުގެ އިހުތިޖާޖުގެ ތެރެއިން ހުރަސްއެޅި މައްސަލައިގައި ސެކިއުރިޓީ  ފެއިލްވެފައިވާކަމަށް ބެލެވޭތީ އެމަނިކުފާނުގެ ސަލާމަތީ ކަންކަމާއި ގުޅޭ ސިފައިންގެ އިސްވެރިޔާ މަގާމުން ސަސްޕެންޑު ކުރި ކާނަލް އަބްދުﷲ އިބްރާހީމަށް ބްރިގޭޑިއާ ޖެނެރަލްކަން ދީފި އެވެ.

މިއީ ސިފައިންގެ ރޭންކުތައް ބަހާފައިވާ ގޮތުން އެންމެ މަތިން ހަތަރު ވަނަ ރޭންކެވެ.

މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމަލޭގައި އޮތް އިވެންޓެއް ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތް ވަގުތާއި އިދިކޮޅުގެ ސިލްސިލާ މުޒާހަރާގެ ވަގުތާއި ދިމާވީނަމަވެސް އެރޭ މޮޓޯކޭޑު ދަތުރުކުރީ އިދިކޮޅު ޕާޓީ އޮފީސް ސަރަހައްދުންނެވެ. ބޮޑުތަކުރުފާނު މަގުން މޮޓޯކޭޑު ދިއުމަށް މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިން ރައީސްގެ ކާރުކޮޅަށް ހުރަސްއެޅުމަށް ފުރުސަތު ލިބިގެން ދިޔައީ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުންކަމަށް މަޖިލީހުގެ މެމްބަރުން ވެސް ފާހަގަކުރި އެވެ.

އެ މައްސަލައިގައި ސަސްޕެންޑު ކުރިއިރު އަބްދުﷲ ހުންނެވީ ކާނަލްގެ ރޭންކުގަ އެވެ. އެ ތަހުގީގު ގޮސްފައިވާ ހިސާބު އަދި ސާފެއް ނޫނެވެ.

އަބްދުﷲ އަށް މަގާމުގެ ޕްރޮމޯޝަން ދިނުމާއި ގުޅޭ ތަފްސީލެއް އަދި  ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: