ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އަހުމަދު ހަމަޖައްސައިފި އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޕާސަނަލް އެސިސްޓެންޓުގެ މަގާމުގައި ހުންނެވި، އަޒްމޫނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އަޒްމޫން މި މަގާމަށް އައްޔަނު ކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ހާމަކޮށްފައި ނުވީ ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގެ ކެބިނެޓާއި ޑެޕިއުޓީ މިނިސްޓަރުން އަދި ސްޓޭޓުންގެ ނަންތަކުގެ ތެރޭގައި އަޒްމޫން ވަނީ ހިމަނާފަ އެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އައްޔަނު ކުރުމުން، ދެން އެ މިނިސްޓްރީގައި 08 ޑެޕިއުޓީ މިނިސްޓަރުންނާއި 02 ސްޓޭޓުން ތިއްބަވާނެ އެވެ.

އަޒްމޫން ވަނީ ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރު މަސައްކަތް ކުރައްވާފަ އެވެ.

މިނިސްޓަރުންގެ ނައިބުންގެ ބޭސިކް މުސާރައަކީ 18،000 ރުފިޔާ އެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި ދޭ 12،500 ރުފިޔާއާއި ފޯން އެލަވެންސްގެ ގޮތުގައި ދޭ 1،000 ރުފިޔާއާއި އެކު ޖުމްލަ މުސާރައިގެ ގޮތުގައި 31،500 ރުފިޔާ ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: