ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ޖެޒެޓުކުރި އިއުލާނެއްގައި ވަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަވެ. އަދި މެމްބަރުކަމަށް އެދި ކުރިމަތިލުމުގެ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 1:30 އަށް ރައީސް އޮފީހުންކަމަށް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތައްކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު އަދި ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމާއި ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުން، ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަތަކީ އުމުރުން 25 އަހަރު ފުރިފައިވުމެވެ. އަދި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރާ ނުވަތަ އައްޔަންކުރާ ސިޔާސީ މަގާމެއް ފުރަމުން އަންނަ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ. އަދޮ ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

މީގެއިތުރުން އެ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އަހަރަކަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރިތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމިޝަނަށް ކުރިމަތިލާ މެމްބަރަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: