ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭ-ޕާކު މައްސަލަ؛ މަންޑޭއާއި އެކު ވިޔަފާރި ކުރާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ސަސްޕެންޑު ކުރި އަބްދުލް ނާފިއު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުން ކޭޕާކު ފްލެޓުތައް ވިއްކަމުގެ ތުހުމަތު ކުރާ ހަސަން މަމްދޫހާއި އެކު މަސައްކަތް ކުރިކަމުގެ މައްސަލައެއްގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އާބަންކޯއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އާބަންކޯގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ ދަށުން ކޭޕާކު މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ މުއްދަތުގައި ކުރާ ތުހުމަތުތަކަށް ރިއާޔަތްކޮށް މުވައްޒަފަކު 14 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެ ތުހުމަތު ކުރެވެނީ އާބަންކޯގެ ރިއަލް އެސްޓޭޓް ބައިގައި މަސައްކަތް ކުރާތާ 09 އަހަރު ވެފައިވާ ނާފިއުގެ މައްޗަށެވެ. އޭނާއަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓުކޮށް އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މުވައްޒަފަކެވެ.

އާބަންކޯއިން ބުނީ ފުލުހުންނާއި، އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން މައްސަލަ ތަހުގީގުކޮށް ނިމުމުން މުވައްޒަފަށް އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ތަރައްގީ ކުރި ލަގްޒަރީ އެޕާޓްމަންޓުތައް، ނުވަތަ މަޝްހޫރު ނަމުން ކޭ-ޕާކު ރެޒިޑެންޓްސް ވިއްކުމުގައި އެތައް ބަޔަކަށް ލަންޑު ދިން މައްސަލައެއްގައި މަންޑޭގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. މަޝްރޫގައި ހިމެނޭ ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ބުނެފައި ވަނީ އެ ކުންފުންޏަށް ނޭނގި ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތުން އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކާލުމުގައި އިސްކޮށް އުޅުނީ މަންޑޭ ކަމަށެވެ.

މީޑިއާތަކުގައި މައްސަލަ ފެންމަތިވުމުން ތުހުމަތުތައް ދޮގުކޮށް މަންޑޭ ބުނެފައި ވަނީ، މައި ހިއްސާދާރު މަސައްކަތް ކުރީ އޮޅުވާލައިގެން ވިއްކި ފްލެޓުތަކަށް ލިބުނު ފައިސާއާއި އެކު ފިލަން ކަމަށެވެ. އަދި އޭނާގެ މައްޗަށް އެ ތުހުމަތު ކުރަނީ، އެކަމަށް އެއްބަސްނުވުމުންކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: