ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގައި އިދިކޮޅު އިއްތިހާދެއް ހެދީ މެދު ނަފްރަތު އުފައްދަން: ސަރުކާރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އާއި، ރާއްޖޭގެ އިން ވަކިކުރިގޮތުން ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާކަމަށް ފާހަގަކޮށް އިދިކޮޅުން ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުން ހިމެނޭހެން ކުރިޔަށް ގެންދާ ގުޅިފައިވާ އިއްތިހާދުގެ ބޭނުމަކީ ނަފްރަތު އުފެއްދުންކަމަށް ސަރުކާރުން ބުނެފި އެވެ.

އިން ވަކިކުރުމާއި ގުޅޭގޮތުން އިޓްލޮސްގައި މައްސަލަ ނިމިގެން ދިޔައީ، ސަރުކާރުން ބޭނުންވި ގޮތަށްކަމަށް ބުނެ އެއީ ކާމިޔާބީއެއްކަމަށް ފާހަގަކުރި ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ މިއީ ސަރުކާރުގެ އޮޅުވާލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވާތީ އެކަމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން ސިޔާސީ ޕާޓީތަކާއި، ކުރީގެ ބަންޑާރަ ނައިބުންގެ ބޮޑު އިއްތިހާދެއް ވަނީ އުފެދިފަ އެވެ.

ޗާގޮސްގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ފަށައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް މަޖިލީހުގައި ބޭއްވި އެވެ.

އެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީތަކަށް އެއްބައިވެވޭ ސިޔާސަތަކީ އިމުގެ މައްސަލައެއް ނޫން ކަމަށެވެ.

ސަރުކާރާއި ދެކޮޅަށް ވަކި ފެކްޝަނެއް ނުވަތަ އިއްތިހާދެއް އުފައްދައި މަޖިލީހުގެ ތެރެއިން އުނދަގޫ ކުރުމަށް ކުރާ މަސައްކަތްތައް ބަލައިނުގަނެވޭނެކަމަށް މިއުވާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވެފައި ވަނީ، އެ ގުޅުމުގެ އަސްލަކީ ވެރިކަން ހޯދުން ކަމަށެވެ. އެކަމަކު އަދިވެސް ވެރިކަން ހޯދާނެ ގޮތަކާއި މެދު އެއްބަސްވެވިފައި ނުވާކަމަށާއި، ބޭނުމަކީ ސަރުކާރާއި މެދު ނަފްރަތު އުފެއްދުންކަމަށް މިއުވާން ތަކުރާރު ކުރި އެވެ.

ޗާގޮސް މައްސަލައިގައި އިދިކޮޅުން ދައްކާ ވާހަކަތަކުގައި ވެސް ހިޔާލުތަފާތުވުންތައް ހިމެނޭކަމަށް މިއުވާން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ބައެއް ބޭފުޅުން ޗާގޮސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބުނަމުންދާއިރު ބައެއް ބޭފުޅުން އެކަމާއި ދެކޮޅު ހަދަމުން ގެންދާ ކަމަށެވެ.

މިއުވާން އެ އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުމުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ބައިވެރިވެ ދެއްކެވި ވާހަކައަށެވެ. މުނައްވަރު ވިދާޅުވެފައި ވަނީ، ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށެވެ. އަދި އޭނާ އެގޮތަށް ވަކާލާތުކޮށްފައި ނުވާނެކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: