ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެމްޕީއެލްއިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސައިފި

މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެމްޕީއެލްއިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިޓީ ފަންޑްގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެމްޕީއެލްއިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސައިފި އެވެ.

އަހަރަކު 2 ފޭސްއަކަށް ބަހާލައަގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ފަންޑުގެ، ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު އެމްޕީއެލްއިން ހުޅުވާލި އެވެ. އަދި މޭއި މަހުގެ ނިޔަލަށް އޮތް ފުރުސަތުގެ ދަށުން މިހާތަނަށް ދެ ހުށަހެޅުމެއް ލިބިފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

އެމްޕީއެލްއިން ބުނީ ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެކަން ފާހަގަކުރި އެވެ.

މީގެއިތުރުން ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެކަމަށާއި، އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ނިންމާފައިވާކަމަށް މައުލޫމާތު ދިނެވެ.

މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް ހިލޭ ސާބަހަށް މަސައްކަތް ކުރާ، ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެ އެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެމްޕީއެލްއިން ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާއި، ތައުލީމީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ފުރުސަތުގެ ބޭނުންކޮށް، ކޮމިއުނިޓީ ފަންޑަށް ކުރިމަތި ލުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: