ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީހުގައި ލިބުނު އެންމެ ބޮޑު އާމްދަނީއާއި އެކު އެމްޓީސީސީގެ ހިއްސާދާރުންނަށް ވެސް ރެކޯޑް ފައިދާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 42 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު ފައިދާ އާއި މާލީ އަހަރެއްގައި މިހާތަނަށް ހާސިލްކުރި އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާއާއިއެކު 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް އެ ކުނފުނިން އާއްމުކޮށްފި އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުގައި 2022 ވަނަ އަހަރު ޖުމުލަ 2.47 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 324.16 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރިކޯޑްކުރެވިފައެވ.ެ މި މާލީ ނަތީޖާއާއި އެކު 2022 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލްކުރެވުނު އަހަރެވެ. ނަމަވެސް ރަޝިޔާ – ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދު އިތުރުވުމުގެ ސަބަބުން 2022 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ (229.53 މިލިއަން ރުފިޔާ) ވަނީ 2021 ވަނަ އަހަރު ލިބުނު 271.82 މިލިއަން ރުފިޔާ އާއި އަޅާބަލައިރު 15.36 އިންސައްތަ ދަށްވެފައެވެ. އަދި 2022 ގައި ހާސިލްކުރި މާލީ ނަތީޖާއާއިއެކު 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 4 ރުފިޔާގެ މަގުން ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

މިއީ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު އަދަދެވެ. 2022 ވަނަ ގައި އެމްޓީސީސީން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކާމިޔަބުކަމާއެކު ނިންމާލެވުނުކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން 2022 ވަނަ އަހަރު ތެރޭގައި އުމްރާނީ ތަރައްގީގެ އައު 65 މަޝްރޫއުއަކާއި ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލެވުނުކަން ފާހަގަކުރި އެވެ.

އެމްޓީސީސީން ބުނީ ނިމިގެންދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އެ ކުންފުނިން އިންގިލާބީ ހެޔޮ ބަދަލެއް ގެނައި އަހަރެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުނ،ް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1 ގެ ހއ،. ހދ. އަދި ށ. އަތޮޅަށް ވަނީ މިދިޔަ އަހަރުތެރޭގައި ޚިދުމަތް ފެށުމަކީ ލިބުނު ކާމިޔާބީއެއްކަމަށް ބުންޏެވެ.

މީގެ އިތުރުނ،ް ރާއްޖޭގެ އާންމު ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީ ކުރުމަށް ވެސް އަހަރުގެ ތެރޭ ވަނީ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އާންމު ބަހުގެ ހިދުމަތް ރާއްޖެ ޓްރާންސްޕޯޓް ލިންކް ވިއުގަ ދަށަށް ބަދަލުކޮށް މުޅިން އައު ބަސް އަދި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކާއި އެކު ދިވެހިރާއްޖޭގެ ތާރީހު މިހާތަނަށް ދެކެފައި ނުވާފަދަ ތަރައްގީ އާންމު ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ގެނެވުނުކަމަށް އެމްޓީސީސީން ބުންޏެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: