ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިނީ ފަސް މީހުންގެ ގުރޫޕަކުން، ދެ މީހަކު ހައްޔަރަށް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މޭއި 01 ވަނަ ދުވަހު ފަސް މީހުންގެ ގުރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ ޓީވީއެމް ކައިރީގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި ހުންނަވަނިކޮށެވެ.

މައްސަލައިގައި އެއްވެސް މީހަކު އަދިވެސް ހައްޔަރުކޮށްފައި ނުވާތީ މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ވެސް ކުރި އެވެ. ތަހުގީގު ކުރަމުން ދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތުތައް ހިއްސާ ނުކޮށް ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކުރިއިރު، މައްސަލައިގައި ދެން ހިމެނޭ މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެކެވެ. އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރަށް ގުރޫޕަކުން ހަމަލާ ދިނީ، މަރުތޭލެއް ބޭނުންކޮށްގެންނެވެ. އަދި ލިބުނު އަނިޔާތަކަށް އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުނެވެ.

ޓީވީއެމް ކައިރީގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ބަޔަކު މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ، ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް އެ އިދަރާއިން ބަޔާނެއް އާއްމުކޮށް ވަނީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: