ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ހުށަހެޅުންތަކުގެ އިސްތިއުނާފު ހުކުމް މިރޭ 8:15 ގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ ތެރެއިން މަންފާ ނެންގެވިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅޭގޮތުން ނިންމި ނިންމުންތަކާއި ގުޅޭ އިސްތިއުނާފުގެ ހުކުމް ކުރުން ސުޕްރީމް ކޯޓުން މިރެއަށް ތާވާލުކޮށްފި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހަޅާފައި ވަނީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި، ބައެއް ހެކިތައް ސިއްރު ނުކޮށް ހެކި ހާމަކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި އަޑުއެހުންތަކަށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމުގެ ސަބަބުން އެ މައްސަލަ ހައިކޯޓުގައި ވެސް ނިމުނީ ރައީސް ޔާމީނާއި ދެކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިގަންނަން ޖެހޭ ގާނޫނީ ސަބަބެއް ރައީސް ޔާމީނަށް ދެއްކިފައި ނުވާކަމަށެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ދެ އަޑުއެހުން ބޭއްވުމަށް ފަހު މިރޭގެ 8:15 އަށް ހުކުމް ކުރުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: