ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިގަނެވޭނެ؛ ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ ތެރެއިން މަންފާ ނެންގެވިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅޭގޮތުން ނިންމި ނިންމުންތަކާއި ގުޅޭ ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހަޅާފައި ވަނީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި، ބައެއް ހެކިތައް ސިއްރު ނުކޮށް ހެކި ހާމަކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި އަޑުއެހުންތަކަށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމުގެ ސަބަބުން އެ މައްސަލަ ހައިކޯޓުގައި ވެސް ނިމުނީ ރައީސް ޔާމީނާއި ދެކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިގަންނަން ޖެހޭ ގާނޫނީ ސަބަބެއް ރައީސް ޔާމީނަށް ދެއްކިފައި ނުވާކަމަށެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ދެ އަޑުއެހުން ބޭއްވުމަށް ފަހު މިރޭ ކުރިޔަށް ގެންދިޔަ ހުކުމް ކުރުމުގެ މަޖިލީހުގައި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ރައުޔުގައި ދައުލަތުގެ ހުށަހެޅުންތައް ބަލައިގަތުމަށް ނިންމޭނެ ގާނޫނީ ބައެއް ސަބަބުތައް ހިމަނުއްވައި ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކަށް ހަވާލާދެއްވާފަ އެވެ.

އެގޮތުން ސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ހެއްކާއި ބެހޭ ކަންކަމަކީ ކޮބައިކަން ކޯޓުގެ ގަޒިއްޔާތަކާއި ހެއްކާއި ބެހޭ ގާނޫނުން ވެސް އެނގެން އޮންނަ ކަމަށެވެ. އަދި ގާނޫނީ އަލީގައި ސުއޫދު ސާފުކޮށްދެއްވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ވާ ބައެއް ހަމަތަކެކެވެ. އޭގެ ތެރޭގައި ގުޅުމެއް ނެތް ވާގިއާއެއް، ގުޅުން ހުރި ވާގިއާއަކަށް ބަދަލުވެދާނެ ހާލަތްތައް މިސާލުތަކާއި އެކު ވިދާޅުވެދެއްވި އެވެ.

އެކަމަކު އެ ހެކިތަކަކީ، އެއީ ގާނޫނާއި އެއްގޮތްވާގޮތުގެ މަތީން ހޯދާފައިވާ ހެކިތަކަށް ވާން ޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

ހެއްކާއި ބެހޭ ގާނޫނުގެ ދަށުން، އާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ވެސް ރައީސް ޔާމީން އެދިވަޑައިގަތެވެ. އެ ހުށަހެޅުމާއި އެކު ދެން ރައީސް ޔާމީން އިސްތިއުނާފު ކުރެއްވީ ބައެއް ލިޔުންތައް ނުވަތަ ހެކިތައް ހާމަކުރަން ނުޖެހޭނެކަމަށް ނިންމި ނިންމުމެވެ. ހެއްކާއި ބެހޭ ގާނޫނުގެ ދަށޫން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ގާނޫނަކީ މައްސަލައިގެ ފަހުން އަމަލު ކުރަން ފެށި ގާނޫނަކަށް ވުމެވެ. ދަށު ކޯޓުގައި ދައުލަތުން ވެސް ނެގި ނުކުތާއަކީ އެއީ އެވެ. އެކަމަކު ހުކުމުގައި ފާހަގަކުރި ގޮތުން، އަދީބާއި ޒިޔަތުގެ ހެކި ބަހަުގެ ބުރަދަނާއި ގުޅޭގޮތުން ގޮތުން ގޮތް ނިންމަން ޖެހޭނީ މިހާރު ކުރިޔަށް ގެންދާ ޝަރީއަތުގެ މަރުހަލާގެ ތެރެއިންނެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި މައްސަލައިގައި، ދެން އޮންނާނީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 18%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުލަތުގެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި ދުނިޔޭގެ އެއްވެސް ކޯޓަކުން ޔާމީނަށް ކާމިޔާބެއް ލިބިއްޖެނަމަ އެއީ އަދުލް އިންސާފަށް ކުރެވޭ ބޮޑު މަލާމާތެއް އެހެނީ އޭނަ ވަގަށްނެގި އެތަކެއް މިލިއަން ޑޮލަރު މިހާރުވެސް އެހެރީ އެކައުންޓުތަކުގަ ލޯކުރިމަތީ ފެންނަން، އެބަހައްޓައިގެން ޑޮލަރުގަތް ފައިސާއޭ ކިޔައިގެން ނަރީޝްމެން ލައްވާ ދޮގުހެކި ހަދައިގެން މިއުޅެނީ އަނެއްކާހަމަ ވެތިކަމަށް އައިސް ކުރިންކުޅުނު ކުޅި ކުޅެން ދިވެހިރާއްޖޭގެ ޖުޑީސަރީ ވެއްޓިފައިވާ އަނދިރި ނާމާން ކަމުން ފަނޑިޔާރުންނަށް މިލިއަނުން ރީޝްވަތު ދީގެން މިފަދަ ހުކުންތައް ކޯޓުތަކުތެރޭން ބަދަލުވާތަން ފެނުމަކީ އިސްލާމްދީނަށާ އަދުލް އިންސާފަށް ކުރެވޭ ބޮޑުމަލާމާތެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: