ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ "ފިކުރެއްގެ ދިރުން" ގެ ފަޜާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

“ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ފިކުރެއްގެ ދިރުން” ގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ޕާޓީއިން ވަކިވުމަށްފަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެބޭފުޅުންނަކީ ދިވެހި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދަރިވަރުންކަމަށެވެ. އެހެންކަމުން އެބޭފުޅުން އަމަލުކުރައްވާނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުގެ ދަށުންކަމަށް ވިދާޅުވިއެވެ.

“ފިކުރެއްގެ ދިރުން” ފަރާތުން އުފައްދާ ޕާޓީގެ މަގާމުތަކަށްވެސް ބޭފުޅުން އައްޔަނުކުރާނީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ތެރޭގައިވެސް ޑީމޮކްރެޓިކް ހަމަތައް ގާއިމްކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ.

“ފިކުރެއްގެ ދިރުން” ގެ މެންބަރުން އެމްޑީޕީއިން ވަކިވީ ސަބަބެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރީވެސް އެމްޑީޕީގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނެތުމެވެ. ސަރުކާރު މެންބަރުން ނަމަވެސް ސަރުކާރުން ގޯސްކަމެއް ކޮށްފިނަމަ އެކަމެއްގެ ވާހަކަދައްކަން ޖެހޭނެކަމަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ގަބޫލުކުރެއެވެ. އަދި އެބޭފުޅުން ގެންދަވަނީ ސަރުކާރަށް ކޮރަޕްޝަން އާއި ފަސާދައިގެ ތުހުމަތުތައްވެސް ކުރަމުންނެވެ.

މި ސަރުކާރަކީ ވަޒީފާގެ ބިރު ދައްކާ ސަރުކާރެއްކަމަށާއި، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނަކީ ވަޒީފާގެ ބިރަށް ސަރުކާރަށް ތާއީދުކުރާ ބައެއްކަމަށްވެސް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ބުނެއެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެވުނު ނަމަވެސް މިފަދަ ސަބަބުތަކާއި ހުރެ އެމަނިކުފާނަށް ވެރިކަން ނުލިބޭނެކަމަށް “ފިކުރެއްގެ ދިރުން” ހިންގަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: