ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ ފާޑުކިއުން ރައީސް ސޯލިހަށް: ”ރައީސް ސޯލިހަކީ ފިނޑި ވެރިއެއް“

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރަން އުޅުނީމަ އިތުރުވާނީ ނަފްރަތުކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ކަނޑާލި ޒުވާނުން މި ސަރުކާރު ގެންނަން ކުރި މަސައްކަތް މިނާ ނުކިރޭނެކަމަށެވެ. ހިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭއުޅުމުން އިތުރުވާނީ ނަފްރަތުކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހަކީ ފިނޑި ވެރިއެއްގެ ގޮތުގައި އީވާ ސިފަކޮށްފައިވާއިރު، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވާދަވެރިންގެ ހިތްވަރު ނޭލޭނެކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި ވާނީ ވަރުގަދަކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައިސް ނަޝީދުގެ ކެމްޕެއިންތައް ކުރިއަށް ގެންދެވި ޝިޔާރު “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތްތަކެއް ފެއްޓެވީ އެމަނިކުފާނަށް ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހުއެވެ. ފުރަތަމަ ރައީސް ނަޝީދުގެ ހުށައެޅުމަކަށްވީ “ފިކުރެއްގެ ދިރުން” ނަމުގައި ޕާޓީގެ ތެރޭގައި ގޮފިތަކެއް ހަދައިގެން ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމެވެ.

ނަމަވެސް އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމުން، އެފުރުސަތު ޕާޓީގެ ތެރެއިންނެއް ނުލިބުނެވެ. “ފިކުރެއްގެ ދިރުން” ހަރަކާތުގެ ފަރާތުން އެހެން ސިޔާސީ ފިކުރުތަކާއިއެކު މަސައްކަތްކުރާތީ މިަކމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރެއްކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމާއިއެކު، މި ހަރަކާތަށް ނިސްބަތްވާ 12 މެންބަރަކު ވަނީ އަމިއްލައަށް އެމްޑީޕީއާއި ވަކިވެފައެވެ. އަދި ޕާޓީއިން ވަކިވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ މެންބަރުން ވަނީ “ފިކުރެއްގެ ދިރުން” ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަން އިއުލާނުކޮށްފައެވެ.

ފިކުރެއްގެ ދިރުން ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަންވެސް އިއުލާންކުރިއެވެ.

ފިކުރެއްގެ ދިރުން ގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެމްޑީޕީއިން ވަކިވީ ސަބަބެއްކަމަށް ފާހަގަކުރީ ޕާޓީގެ މިސްރާބު ޕާޓީ އުފެއްދި މަގްސަދާއި ދެކޮޅަށް ހުރުމެވެ. އަދި އެމްޑީޕީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނެތްކަމަށްވެސް އެ މެންބަރުން ބުންޏެވެ. ނަމަވެސް “ފިކުރެއްގެ ދިރުން” ނަމުގައި އުފައްދާ ސިޔާސީ ޕާޓީ ހިންގާނީ އެތެރޭގެ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ބުނިއެވެ.

މި ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުންތައް ސިޔާސީ މަގާމުތަކުން ވަކިކުރަމުންއަންނައިރު، ގިނަ ބަޔަކު މިކަން ސިފަކުރަނީ ސަރުކާރު ނޭވާ ހޮޅިއަށް އެޅުމުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: