ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަންކޯގެ ސްމާޓް ޕާކިންގް ޖާގަތައް ބީލަމަށް ހުޅުވާލައިފި

އާބަންކޯއިން ހުޅުވާފައިވާ ސްމާޓު ޕާކިން: ފޮޓޯ/ އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަންކޯއިން އަލަށް ތައާރަފްކޮށްފައިވާ ސްމާޓް ޕާކިންގް ސޮލިއުޝަން ހިމެނޭ “ފިތުރޯނު ސްމާޓް ޕާކިންގް ޒޯން” އިން ބީލަމުގެ އުސޫލުން ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފިއެވެ.

އާބަންކޯއިން ނެރިފައިވާ ބަޔާނެއްގައިވާގޮތުން، ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމުކޮށްފައިވާ “ފިތުރޯނު ސްމާޓް ޕާކިންގް ޒޯން” ގައި ދިގު މިނުގައި 4.8 މީޓަރު އަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ 23 ޖާގަ ހުރެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އަދި ބީލަން ހުޅުވާލުމަށް ކަނޑައެޅިފައިވަނީ 1500 ރުފިޔާއަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އާބަންކޯ އިން ބުނެފައިވާގޮތުން ބީލަމަށް ހުށައަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުރުން 18 އަހަރު ފުރިފައިވުމާއި ދިވެހި ރައްޔިތެއް ކަމަށްވުން އަދި ޕާކު ކުރުމަށް ހުށައަޅާ އުޅަނދު އެމީހެއްގެ ނަންމަތީގައި މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވިފައިވުން ހިމެނެއެވެ. އަދި މީގެ ކުރިން އެޗްޑީސީއިން ދޫކުރި ޖާގަތަކުގެ ތެރެއިން ޖާގައެއް ހިފާފައިނުވާ ފަރާތަކަށްވުންވެސް އާބަންކޯ އިންވަނީ ޝަރުތުކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި 80 ޕޮއިންޓު ދިނުމަށް ކަނޑައެޅިފައިވަނީ ހުށައަޅާ އަގަކަށް ރިއާޔަތްކޮށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށާއި މީގެ ކުރިން ހުޅުވާލީ ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް 20 ޕޮއިންޓޫ ދިނުމަށް ކަނޑައެޅިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އާބަންކޯ އިން ބުނެފައިވާގޮތުން މި ޕާކިންގް ޒޯނުގައި އެންމެ ފަހުގެ ވަސީލަތްތައް ހުންނާނެއެވެ. އަދި އެކަނުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮމްޕިއުޓަރެއް މެދުވެރިކޮށް ނަންބަރު ބޯޑު ޗެކު ކުރުމަށްފަހު ޒޯނުގެ ގޭޓު ހުޅުވޭނެކަމަށާއި ނަންބަރު ބޯޑުތައް ދެނެގަތުމުގައި އޭއި ބޭނުން ކުރާނެކަމަށާއި އެހެންކަމުން އިންސާނީ މުއާމަލާތެއް ފަސޭހަކަމާއިއެކު ޕާކު ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ޒޯނުގައި ތިބޭ ތަކެތީގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް 24 ގަޑިއިރު މޮނީޓާރ ކުރާނެކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: