ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފުލެޓުގެ ޑައުންޕޭމަންޓު %50 އަށް ކުޑަކޮށްފި

އާބަންކޯގެ އެމްޑީ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --ވަގުތު އިމޭޖަސް-- އަހުމަދު މަމްދޫހު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް ފްލެޓްތަކުގައި މިހާރު ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަމުން އަންނަ އަދަދު 50 އިންސައްތައަށް ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަށް އާބަންކޯގެ ބޯޑުން ނިންމާފައިވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ފްލެޓްތައް ހައުސިން މަޝްރޫތަކުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ދިނުމުގައި އިސްކަމެއް ދެއްވާނެ ކަމަށެވެ.

ވިނަރެސްގެ އެގްރީމެންޓް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން ޑައުން ޕޭމަންޓްގެ 50 އިންސައްތަ ދައްކާފައިވާ ފަރާތްތަކަށް ރީ އެޖެސްޓްމެންޓް ގެނެސްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. މިހާ ހިސާބަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 600 އެއްހާ މީހުންނާއިއެކުގައި ކަމަށާއި އެވޯޑް ސިޓީ ލިބިފައިވާ ފަރާތްތަކާއިއެކުގައި ސޮއިކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެެ.

ސޮއިކުރުމުގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލައްވާނެ ކަމަށާއި އަދި މިހާރު ގެނައި ބަދަލުތަކާއިއެކުގައި ރީއެޖެސްޓްމެންޓްތަކާއި އެކު ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ވިނަރެސް ފްލެޓް ސަރަހައްދުގެ މަގުތައް އެކަށީގެންވާ ވަރަކަށް ހެދިފައިނުވާ ކަން ގަބޫލް ކުރައްވާ ކަމަށެވެ. ނަމަވެސް އެތަން ހުރީ މީހުން ދިރިނޫޅެވޭ ފެންވަރަކަށް ނޫން ކަމަށް ވިދާޅުވިއެވެ.

އެޕާޓްމަންޓައް ނިމިފައިވާ ކަމަށާއި މަދުވަނީ ސާވިސަސްގެ އޭރިއާތައް ކަމަށް ވިދާޅުވިއެވެ. ވިނަރެސް ފްލެޓް ސަރަހައްދުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރޯދައިގެ ކުރިން ހައްލުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފަޒުލް ވިދާޅުވީ ވިނަރެސް ފްލެތްތަކުގައި ބާކީ ފްލެޓްތައް މި ވަގުތު އެ އޮތީ ޕާކިންއެއްގައި ކަމަށެވެ. އެ ޕާކިންއިން ރިލީސް ވިހާ އަވަހަށް އަމަލުކުރާނެ ގޮތެއް އަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފްލެޓްތައް އަނެއްކާ ވިއްކުމަށް އިއުލާނު ކުރާނީތޯ ނުވަތަ ކުރިން މައްސަލަ ޖެހިފައިވާ ފްލެޓްތަކުގެ ވެރިކަންނަށް ދޭނީތޯ ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސީލައިފްއާއި ކޭޕާކްގެ މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތަކުގައި ދައުލަތުން ޒިންމާވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިސްކަމެއް ދޭނީ އެ ފަރާތްތަކަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: