ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް ތިނެއް ސައިޓު ބީ ހިއްކަން އުޅަނދުތައް ނެގުމަށް އަންގައިފި!

އާބަންކޯއިން ހުސްކުރުމަށް އަންގާފައިވާ ސަރަހައްދު: ފޮޓޯ/ އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ސައިޓު ބީ ހިއްކުމަށް އެ ސަރަހައްދުގައިތިބި އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ހާމަކޮށްފައިވާގޮތުން، އެ ކުންފުނިންވަނީ ސައިޓް އޭ ހިއްކުމުގެ މަސައްކަތްތައް ނިންމާލާފައެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ސައިޓް އޭ އަކީ 10 ހެކްޓަރުގެ ބިމެކެވެ. އެހެންކަމުން އެ ކުންފުނިން ފާހަގަކޮށްފައިވާ ސަަރަހްދު ހުސްކުރުމަށް އަންގާކަމަށެވެ. އެ ކުންފުނިންވަނީ މަސައްކަތްތައް ކުރިއަށްދާނެ ސަރަހައްދުގެ ފޮޓޯއެއް ޝާއިއުކޮށްފައެވެ. އާބަންކޯއިން ވަނީ 22 އޮކްޓޯބަރުގެ ކުރިން އުޅަނދުތައް ނެގުމަށް އެދިފައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތަކަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތައް ހައްލުކުރުމުގެ ގޮތުން ހިންގަމުންދާ މަސައްކަތަކުގެ ތެރެއިން ބައެކެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން 63 ހެކްޓަރު ބިން ހިއްކޭނެކަމަށާއި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެތައް އަހަރެއް ތަހައްމަލުކުރަމުންދިޔަ ދަތިތަކުން ބޮޑު ލުޔެއް ލިބި ދިރިއުޅުންތައް ބިނާކުރުމަށް ދެކެމުންދިޔަ ހުވަފެންތަކެއް ހަގީގަތަކަށް ވެގެންދާނެކަމަށް ދެކޭކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: