ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމުގެ މައްސަލައިގައި ރާއްޖެއަށް ލިބުނީ ކާމިޔާބީއެއް ނޫން: އެމްއާރްއެމް

އެމްއާރްއެމްގެ ރައީސް މައުމޫން، ރައީސް ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަދި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށް ނުދެކޭކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

އެމްއާރްއެމްއިން ހިއްސާކޮށްފައިވާގޮތުން، ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތާއި މެދު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ އެގްޒެކެޓިވް ކޮމިޓީއިން ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ ނިންމުމަކީ ލިބުނު ކާމިޔާބީއެއްކަމަށް ނުދެކޭކަަމަށާއި އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާތަކަކަށް އުނިކަން ލިބިގެންދާނެ ނިންމުމެއްކަމަށާއި އެހެންކަމުން އެއީ ދިވެހިންނާއި ދިވެހި ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް ދެކޭކަމަށް އެ ޕާޓީއިންވަނީ ފާހަގަކޮށްފައެވެ.

އެމްއާރްއެމްއިން ބުނެފައިވާގޮތުން، ރާއްޖެއަކީ އަޅުވެތިކަމާއި ދެކޮޅަށް އަބަދުވެސް ވޯޓުދޭ ގައުމެއްކަމަށެވެ. އެހެންނަމަވެސް މޮރިޝަސްގެ އެދުމާއި އެއްގޮތަށް ފޯޅަވަހި މައްސަލައިގައި އެއްބަސްވެފައިނުވަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، ލިބިގެންދާ ގުދުރަތީ ވަސީލަތްތަކަށް އުނިވެގެންދާނެތީކަމަށް ބުނެފައިވެއެވެ. އެހެންކަމުން މައްސަލަ ނިމިފައިވާގޮތުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް ލިބިގެންދާކަމަށް ބުނެފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، އިޓްލޮސްގެ ނިންމުމާއިއެކު ރާއްޖެގެ މަސްކަނޑުގެ ސަރަހައްދެއް ގެއްލިގެންދެއެވެ. އެހެންކަމުން ލިބިފައިވަނީ އިއާދަ ނުކުރެވޭ ގެއްލުމެއްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ދެކުނު ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެންދާނެކަމަށާއި، އެކަމުގެ ސަބަބުން މަހުގެ ސްޓޮކަށްވެސް ހީނަރުކަމެއް އައުމުގެ ފުރުސަތު އިތުރުވެގެންދާކަމަށް ބުނެފައިވާއިރު، އެ ޕާޓީއިންވަނީ ނިންމުމުގެ ސަބަބުން ދިވެހިރާއްޖެގެ ކުރިމަގަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ. އެމްއާރްއެމްއިން ބުނެފައިވާގޮތުން، އިޓްލޮސްގެ ނިންމުމުގެ ސަބަބުން ގެއްލިފައިވާ ސަރަހައްދާއިއެކު، އެ ސަރަހައްދުގައިވާ މައުދަނުތައް ފަދަ އާލާތްތައްވެސް ގެއްލިގެންދެއެވެ.

މީގެ އިތުރުން އެމްއާރްއެމްއިން ބުނެފައިވާގޮތުން އިޓްލޮސްގެ ނިންމުމުގެ ސަބަބުން ދެގައުމުގެ މަސްލަހަތު ބެލެހެއްޓުމުގެ ހާރިޖީ އަގު، ވަޒަން ނުކުރެވޭ ވަރަށް ބޮޑުވެގެންދެއެވެ. އަދި މައްސަލައިގެ ބާވަތުން ދާހިލީ ހަމަނުޖެހުން އިތުރުވެގެންދާނެކަމަށާއި އެހެންކަމުން ދިފާއީ އަގުވެސް ބޮޑުވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްއާރްއެމްއިންވަނީ މި މައްސަލައިގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ގެއްލި އިގްތިސާދަށްވެސް ލޮޅުންތައް އަންނާނެކަމަށް ދެކޭކަމަށް އިޝާރާތްކޮށްފައެވެ. އެ ޕާޓޢިން ބުނެފައިވާގޮތުން މި މައްސަލައަކީ ދިވެހިންގެ މަސްލަހަތު ހިމެނޭ ކަމެއްކަމަށްވުނުް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން ނޫންގޮތަކަށް މިހާރު އޮތް ހިސާބަށް ގޮސްގެންވެސް ނުވާނެއެވެ. އެހެންކަމުން މައްސަލަ ނިމިގެންދިޔައިރު ދިވެހި ރައްޔިތުންގެ ބަހެއް ނެތުމުން ކަންބޮޑުވާކަމަށް އެމްއާރްއެމްއިން ފާހަގަކުރިއެވެ.

އެމްއާރްއެމްއިން ބުނެފައިވާގޮތުން، މީގެ ކުރިން އެއްވެސް ސަރުކާރަކުން ޗާގޮސް މައްސަލައިގައި ދިވެހިންގެ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަށް އެއްބަސްވެފައިނުވެއެވެ. އެހެންކަމުން އެ ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީގެ ހަގީގަތް އެނގިފައިނުވުމަކީ އަދި ހާމަކުރެއްވުމަށް އިއުތިރާޒް ކުރުމަކީ އެކަމުގެ ސަބަބުން ޝައްކުތަކެއް އުފެދިގެންދާކަމެއްކަމަށް ބުނެފައިވެއެވެ.

އެމްއާރްއެމްއިން ބުނެފައިވާގޮތުން، ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިގެންދާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީއިން ތާއީދެއް ނުކުރާނެއެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާކަމަށާއި މައްސަލަ އިސްތިއުނާފުކޮށް ދިވެހިނަށްވެސް އިންސާފުވެރި ގޮތަކަށް ސަރަހައްދު ބެހުމަށް އެދުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

އެމްއާރްއެމްއިންވަނީ މި މައްސަލައިގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބައެއް ފަރާތްތަކުން އަމަލުކުރާކަމަށް އިޝާރާތްކޮށްފައެވެ. އެގޮތުން ކަނޑު ވިއްކާލުން ފަދަ ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމުން ރައްޔިތުން މައްސަލައަށް ދޭ ސަމާލުކަން ކުޑަވަގެންދާކަމަށާއި ކާމިޔާބު ކުރުމަށްވެސް ދަތިތަކެއް ކުރިމަތިވާކަމަށް ބުނެފައިވާއިރު، މައްސަލަ ސިޔާސީ ކުރާކަމަށް ފާހަގަކޮށްވެސް އެމްއާރްއެމްއިންވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: