ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެމް.އާރް.އެމްގެ ރައީސް ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްއާރްއެމްއިން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީއިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށަހަޅާފައިވާ ފަރާތަކީ އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ކަމަށް ވަނީ ހާމަކޮށްފައެވެ.

އެ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަކަށް ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ފުރުސަތުދީފައިވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ. އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 25 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި ވަގުތު ކުޑަތަން ވަމުން އަންނަ އިރު، ފޯމް ހުށަހަޅާފައިވާކަމަށް އެ ޕާޓީއިން ހާމަކޮށްފައިވަނީ ވެސް އެ ޕާޓީގެ ރައީސް ފާރިސް މައުމޫންކަން ފާހަގަކޮށްލެވެއެވެ.

ފާރިސް އަންނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ. އަދި އެމްއާރްއެމްގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އީސީން ނުދޭ ހާލަތުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ސޮއި ހޯއްދުވުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ.

މިފަހުން އެމްއާރްއެމްއިން ވަނީ ޖޫމްހޫރީ ޕާޓީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދެ ޕާޓީން އެކުގައި ގުޅިގެން ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: