ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުގެ އަނިޔާތައް އެންމެނަށްވެސް ސާފުވާންޖެހޭ: ފާރިސް

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދައިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން އެކި ޖީލުތަކަށް ދީފައިވާ އަނިޔާތައް އެ މީހުންނަށް ތާއީދުކުރާ މީހުންނަށް ސާފުވާންޖެހޭކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި 7000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ފާރިސް ވިދާޅުވީ، އިސްރާއީލުންވަނީ ފަލަސްތީނުގެ އެކި ޖީލުތަކަށް އަނިޔާތައް ދީފައިކަމަށާއި އެމީހުންނަށް ތާއީދުކުރާ ޒަޔަނިސްޓުންނަށް އެކަން އޮޅިފައި ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ތަދުތަކާއި ހިތާމަތަކާއި އުނދަގޫތަކާއި ވަކި އެއްޗެއްކަމަށެވެ. އަދި ދުނިޔެއިންދަނީ ފަލަސްތީނުގައި ހިނގަމުންދާ ކަންކަން ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ ޒަރިއްޔާއިން ބަލަމުންކަމަށާއި އެކަމުގެ ސަބަބުން އެ މަންޒަރުތައް ފެންނަ މީހުންގެ ހިތުގައިވެސް އެ ބިރުވެރިކަން އާލާވެފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއާއި ހިލާފަށް ސޯޝަލްމީޑީއާގެ ސަބަބުން އިސްރާއީލުގެ ބިރުވެރިކަމުގެ ހަގީގަތް އެނގެނީ އަނިޔާތައް ލިބިގެންދާ މީހުން އެކަނި ނޫންކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް އެތަކެއް އަހަރެއްގެ ތެރޭގައިވެސް ފެނިގެންދާނެކަމަށެެވެ. އެނާ ވިދާޅުވީ، ބާރުގެ ދަށަށް ލައިގެން ގެންގުޅޭ ބަޔަކު މީހުން މިހާރު ބަލިކަށިކަމަށް ފެނިދާނެކަމަށެވެ. އެހެންނަމަވެސް ހަގީގަތް އޮޅިފައިނުތިބުމަށް ފާރިސް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ، އެ މީހުން ނަފްސުގެ ހައްގުގައި އަދި ތެދުވާނެކަމަށާއި އަނިޔާވެރި ބާރުވެރި މީހުންގެ މައަްޗަށް ގަދަވެގަންނާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: