ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާތައް ހުއްޓާލުމަށް މަޝްވަރާކުރަމުންދަނިކޮށް އަނެއްކާވެސް އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް!

އިސްރާއީލުގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ ސަރަހައްދެއް: ފޮޓޯަ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަލާތައް ހުއްޓާލުމާއިމެދު މަޝްވަރާތައް ކުރެވެމުންދަނިކޮށް އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާަތަކެއް ދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ައިސްރާއީލުންވަނީ ޣައްޒާގެ މެދެއްހާ ހިސާބުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ރިޕޯޓުތަކުގައިވާގޮތުން މި ހަމަލާތައް ދީފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. އަދި މިަކަމުގެ ސަބަބުން އެންމެ މަދުވެގެން 25 މީހަކު ޝަހީދުވެފައިވާއިރު އެ ސަރަހައްދުގައި ތިބި މީހުން ދެކުނަށް ފޮނުވާލުމަށް އެއްގަމުން ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރިއްޔާއިން މަސައްކަތްތައް ކުރާކަމަށްވެސް ބުނެފައިވެއެވެ.

މި ފަހުގެ ހަމަލާތައް އިސްރާއީލުން ދީފައިވަނީ ދެ ގައުމުގެ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްވެސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ކުރަމުންދާތާ ދެ މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށެވެ. މީޑިއާތަކުން ބުނާގޮތުން އިސްރާއީލުން ދަންވަރުގެ ވަގުތެއްގައި ޣައްޒާގެ މެދުތެރެއަށާއި ދެކުނުގެ ބައެއް ހިސާބުތަކަށްވެސް ވައިގެ ހަމަލާތައް ދީފައިވެއެވެ. އެހެންކަމުން ޖުމުލަގޮތެއްގައި 107 މީހަކު މަރުވެ 165 މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ރިޕޯޓުކޮށްފައިވެއެވެ.

އދ އިން ބުނާގޮތުން އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ 2.3 މިލިއަން މީހުންނަށްވަނީ ގެދޮރު ދޫކޮށް ދާންޖެހުމުގެ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. މިހާރު ފަލަސްތީނުގެ އާބާދީގެ ބޮޑު އިންސައްތައެއް މިސުރަށް ދިއުމަށް ހުރަސްކުރުމަށް އޮންނަ ސަރަހައްދާއި ގާތުގައި ޓެންޓު ޖަހައިގެން ދިރިއުޅެމުންދާކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: