ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ހުއްޓާލުމަށް އައިސީޖޭގެ އަމުރަކު ނެތް!

އައިސީޖޭއިން ކުރިއަށް ގެންދިޔަ ކޯޓު މަރުހަލާގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިސީޖޭގެ ވަގުތީ ނިންމުމުގައި ހަމަލާ ދިނުން ހުއްޓާލުމަށް އަމުރުކޮށްފައިނުވާކަމަށް މަޝްހޫރު ބައިނަލްއަގުވާމީ ވިސަލް ބްލޯވަރ އެޑްވާޑް ސްނޯޑެން ބުނެފިއެވެ.

އައިސީޖޭއިން އިސްރާއީލުގެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާއިއެކު، ބައެއް މީޑިއާތަކުންވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އަމުރުކޮށްފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައިކަމަށްވާއިރު، އެމެރިކާގެ ޑިފެސްން ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ސްނޯޑެންވަނީ އޭނާގެ އެކްސް އެކައުންޓު މެދުވެރިކޮށް އައިސީޖޭގެ ވަގުތީ ފިޔަވަޅާއިމެދު މައުލޫމާތު ހިއްސާކޮށްފައެވެ.

އޭނާ ބުނެފައިވާގޮތުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އައިސީޖޭއިން އަމަރުނުކުރާކަމަށެވެ. އަދި އެ ގޮތަށް އަމުރު ނުކުރީ އިސްރާއީލާއި ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ނޫންކަމަށް ގަބޫލުކުރެވޭއިރު، ވަގުތީ އަމުރުގައި ހަމަލާތައް ހުއްޓާލުމަށް އަންގާފައިނުވަނީ އެ އަމުރު މިވަގުތު ތަންފީޒުކުރެވިދާނެކަމާއިމެދު އެ ކޯޓަށް ޔަގީންކަން ނެތުމުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ. ސްނޯޑެން ބުނެފައިވާގޮތުން އައިސީޖޭއަށް އެ ކޯޓުގެ ދައުރު ފުރިހަމަކުރެވޭނީ އެމެރިކާ އާއި ޔޫރަޕުން އިސްރާއީލަށް ވާގިވެރިވުން ހުއްޓާލުމުންކަމަށެވެ.

އައިސީޖޭގެ ނިންމުމުގައި ވާގޮތުން، ނަސްލެއް ނައްތާލުމުގެ ލާއިންސާނީ އަމަލު ޣައްޒާގައި ނުހިނގާކަން ކަށަވަރުކުރުމަށް އިސްރާއީލުން ކުރެވެން އޮތްކަމެއް ކުރަންޖެހޭނެކަމަށެވެ. އަދި އެ ސަރަހައްދުގައި މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދުތައްވެސް ލިމިޓުކުރަންޖެހޭނެކަމަށް ބުނެފައިވާއިރު، ހެކި ރައްކައުތެރިކުރެވޭކަން ކަށަވަރުކުރުމަށްވެސް އަމުރުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: