ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީ ހޯދަން އެއްވެފައި ތިއްބައި، ފަލަސްތީނުގެ އާންމުންގެ ތެރެއަށް ބަޑިޖަހައި ހިންގި ގަތުލުއާންމު ސަރުކާރުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ އާންމުންގެ ތެރެއަށް ބަޑިޖަހައި ހިންގި ގަތުލުއާންމު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ހަތިޔާރު ނެތް ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ސަތޭކައަށް ވުރެ ގިނަ ފުރާނަ ގެއްލި އިތުރު އެތައް ސަތޭކަ މީހުންނަށް އަނިޔާއެއް ލިބުނު މި އަނިޔާވެރި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ވަރަށް ބޮޑަށް ހިލާފުވުން ކަމުގައި ރާއްޖެއިން ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތަށް އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް އަވަހަށް ހަނގުރާމަ ހުއްޓާލުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ. އަދި އަވަހަށް ފިޔަވަޅު އަޅައި އެ އަމަލު ހިންގި ފަރާތްތައް ޒިންމާދާރުކުރުވަން ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލިއެވެ.

ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކު ވަރުގަދަ އެއްބައިވަންތަކަމެއްގައި ތިބެ މި ސަރަހައްދުގައި އިންސާފުވެރި ދެމިއޮންނަ ސުލްހައެއް ހޯދުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކަށް ތާއީދު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެހީ ހޯދަން ދިޔަ ގިނަ އަދަދެއްގެ ބައެއްގެ ތެރެއަށް ޓޭންކަރުތަކުންނާއި މަތިންދާބޯޓުތަކުންވެސް ބަޑި ޖަހައި 100އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: