ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަފާ ބޯޑަރު ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑެތި ނުރައްކާތަކެއް!

ރަފާ ބޯޑަރު ސަރަހައްދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރުތަކާއިއެކު ޕަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަފާ ސަރަހައްދުގައި ތާށިވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ރަފާ ބޯޑަރު ސަރަހައްދާއި އެތެރޭ ސަރަހައްދުތަކުގައި އެއް މިލިއަނާއި ގާތްކުރާ އަދަދަކަށް ފަލަސްތީނުގެ ރައްޔިތުން އެބަ ތިއްބެވެ. އެހެންނަމަވެސް މިހާރު އެ ސަރަހައްދުގައި އިސްރާއީލުން އެއްގަމު މަގުން ބޮޑެތި ހަަރަކާތްތަކެއް ހިންގުމަށް ނިންމާފައިވުމާއިއެކު ތާށިވެ، ނުރައްކާތަކާއި ކުރިމަތިވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިސްރާއީލުން ދޭން އުޅޭ އެއްގަމު ހަމަލާއަކީ އެ ސަރަހައްދުގައި ތިބިކަމަށް އެ ގައުމުން ދައުވާކުރާ ހަމާސްގެ ހަނގުރާމެވެރިންތަކެއް މަރާލުމަށްޓަކައި ހިންގާ އޮޕަރޭޝަނެއްކަމަށް ބުނެފައިވާއިރު، މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ އާންމުންގެ ފުރާނަ ގެއްލިގެންދިއުން އެކަށީގެންވާކަމަށް އެ ސަރަހައްދުގައި އެހީތެރިކަން ފޯރުވަމުންދާ ފަރާތްތަކުން މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ އދގެ އޮފިޝަލަކު ބުނެފައިވާގޮތުން ހާލުގައި ޖެހުމުގެ ސަބަބުން ރަފާ ސަރަހައްދަށް ޖަމާވެތިބި ފަލަސްތީނުގެ ރައްޔިތުން ތިބީ ދާނެ ދިމާލެއްވެސް ނޭނގިފައިވާ ހާލަތުގައިކަމަށެވެ.

މިހާރު ފެތުރިފައިވާ ބިރުވެރިކަމަކީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން އެ ގައުމުގެ އަސްކަރީ ހަރަކާތްތަކެއް ހިންގަން އުޅޭކަމުގެ އިއުލާނެއް ކުރުމާއިއެކު އުފެދިފައިވާ ބިރުވެރިކަމެއްކަމަށް ބުނެފައިވާއިރު އަމާޒަކީ އެ ސަރަހައްދުގައި ތިބި އާންމުން ހުސްކުރުމަށްފަހު ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލުންކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ސަރަހައްދުގައި ހަމާސްގެ ހަތަރު ބެޓާލިއަންގެ މީހުން ފިލާ ތިބިކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީޑީއާތަކުން ބުނާގޮތުން އިސްރާއީލުން ހިންގަމުންދާ ބައެއް އަމަލުތަކުގެ ސަބަބުން އެމެރިކާއަށްވެސް ވަނީ އެ ގައުމާއިއެކު ތިބި މަންޒަރު ދެއްކުމަށް ދަތިވެފައެވެ. އެގޮތުން މިހާރު އާންމުން ރައްކައުތެރިނުކުރާ ހާލަތުގައި ދޭ ހަމަލާއެއްގައި އެ ގައުމުން ބައިވެރިނުވާނެކަން އިސްރާއީލާއި ހިއްސާކޮށްފައިވާއިރު އެމެރިކާއިން އަސްކަރީ ވަސީލަތްތައް ފޯރުވާ ގައުމުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް ބުނެފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: