ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ފާރިސްގެ ޝުކުރު!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުގައި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް މިނިވަން ކެންޑިޑޭޓު ފާރިސް މައުމޫން ޝުކުރު ދަންނަވައިފިއެވެ.

2023ގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވާދަކުރެއްވި ފާރިސްވަނީ ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލުތަކެއް ގެނެސްދިނުމުގެ ސިޔާސަތުތައް ހިއްސާކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ފާރިސް އަށް ލިބިވަޑައިގެންނެވީ 2900 އާއި ގާތް ކުރާ އަދަދެއްގެ ވޯޓެވެ.

ފާރިސްގެ ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގައި ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކުގައި ދެމިހުންނަވާނެކަމަށްވެސް ފާރިސްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: