ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނު ދައުރުގައި ރައްޔިތުންގެ ބަޔަކަށް އަނިޔާތަކެއް ލިބުނުކަން ގަބޫލުކުރަން: ފާރިސް

ރައީސް މައުމޫނާއި ފާރިސް މައުމޫން.. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އޭނާގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންގެ ތެރެއިން ބަޔަކު މީހުންނަށް އަނިޔާތަކެއް ލިބުނުކަން ގަބޫލުކުރައްވާކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިނިވަން ކެންޑިޑޭޓު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސްގެ އަމިއްލަ ސޯޝަލްމީޑިއާ އެކައުންޓެއް މެދުވެރިކޮށް ހިއްސާކުރެއްވި ވީޑިއޯއެއްގައި ފާރިސްވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެ ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކު މީހުންނަށް އަނިޔާތަކެއް ލިބުނުކަމަކީ ހަގީގަތެއްކަމަށާއި އެ ކަން ގަބޫލުކުރައްވާކަމަށް ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އަނިޔާތަކާއި ހިތާމަތަކުގެ ތެރޭގައި އަދިވެސް ބަޔަކު ދެމިތިބިކަމަކީވެސް އޭނާ ގަބޫލުކުރައްވާކަމެއްކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެކަން ދޮގުނުކުރައްވާކަަމަށާއި އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދާދި ފަހުން އިންޓަރވިއުއެއްގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެންދިޔަކަމަކީވެސް ހަގީގަތެއްކަމަށެވެ. އެހެންކަމުން އެކަމަށްވެސް ނިހާޔަތަށް މާފަށް އެދޭކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި އެ ހުރިހާ މީހުންނަށް ތަސައްލީ ހޯދައިދެއްވުމަކީ އޭނާގެ އަޒުމެއްކަމަށެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހިނގާ ސަރުކާރެއްގައި އެފަދަ އެއްވެސް ކަމެއް އެންމެ ކުޑަ މިނަކަށްވެސް ނުހިނގާކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއްގެ ގޮތުގައި ހައްދަވާނެކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: