ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް އެމްޑީޕީއިން ވަކިވިކަން އިއުލާނުކޮށް، 12 މެންބަރުން ވަކިވިކަން ރިޔާސަތުން ނޭންގުމުން މަޖިލީސް ހޫނުވެއްޖެ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީއިން ވަކިވެފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކުރި ނަމަވެސް، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ 12 މެމްބަރުން އެމްޑީޕީން ވަކިވިކަން މަޖިލީޙުގެ ރިޔާސަތުން އިއުލާން ނުކުރުމުން މަޖިލިސް ހޫނުވެއްޖެއެވެ.

ޗުއްޓީއަށްފަހު މަޖިލީސް ހުޅުއްވާދެއްވާ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާޒިމް ވަކިކުރިކަން މަޖިލީހަށް އަންގާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ ޕާލިމެންޓްރީ ގުރޫޕުގެ އަދަދުތަކަށް ބަދަލު އަންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 12 މެންބަރަކު އެމްޑީޕީއިން ވަކިވިކަންވެސް އީސީއިން މަޖިލީހަށް އަންގާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ނަންތައް ވަކިވަކިން އިއުލާނެއް ނުކުރައްވައެވެ.

ރައީށް ނަޝީދު ވިދާޅުވީ އެ 12 މެންބަރުން އެމްޑީޕީއިން ވަކިވިކަން އެ މެމްބަރުން އަމިއްލައަށް ލިއުމުން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ދަފްތަރުން އެ މެންބަރުންގެ ޕާޓީ ބަދަލުވާނީ މަޖިލީހަށް އެ 12 މެންބަރުން ޕާޓީ ބަދަލުކުރިކަން އަމިއްލަފުޅަށް ލިޔުއްވުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި :

  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
  • އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
  • ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

މިކަމާއި ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެ 12 މެންބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ވަކިކުރުމަށް އަމިއްލަ ސިޓީފުޅެއް ލިޔެ މަޖިލީހަށް އެންގުން އޮތީ ކޮން ގަވާއިދެއްގައިތޯ ސުވާލުކުރައްވާފައެވެ. ނަމަވެސް މި ސުވާލަށް ޖަވާބުނުދެއްވާ ރައީސް ނަޝީދު ވިދާޅުވީ، ގަވާއިދު ބެއްލެވުމުން އެކަން ސާފުވާނެކަމަށެވެ.

މި ސުވާލަށް ސާފު ޖަވާބެއް ރައީސް ނަޝީދު ނުދެއްވުމުން، މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ މެންބަރުން ވަނީ މިކަމާއި އަޑުގަދަކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި، ސަނީފް ހިމެނެއެވެ. އެއާއިއެކު ރިޔާސަތުން ވަނީ ރޮޒައިނާގެ ނަން އިއްވާ ތަޅުން ދޫކޮށް ދިއުމަށް އަންގާފައެވެ. ނަމަވެސް ރޮޒައިނާ ވަނީ ނުނިކުންނާނެކަމަށް ވިދާޅުވެފައެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައިވާއިރު، ޖަލްސާ އަލުން ފެށިއިރުވެސް ރޮޒައިނާ މަޖިލީހުގެ ތަޅުމުގައި ހުންނެވިއެވެ.

ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ރޮޒައިނާ ހުރި ނަމަވެސް ނެތްކަމަށް ނިންމާފައިވާކަމަށެވެ.

އެމްޑީޕީއިން މަޖިލީހުގެ 12 މެންބަރުން ވަކިވެފައިވަނީ އެމްޑީޕީގެ މިސްރާބު ހުރީ ޕާޓީ އުފެއްދި މަގްސަދާއި ދިމާ އިދިކޮޅަށްކަމަށް ވިދާޅުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: