ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން އެދަނީ ލޮލަށް ފެނި އަތުން ހިފަމުން: ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ --- ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން އެދަނީ ލޮލަށް ފެނި އަތުން ހިފަމުންކަމަށާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ދަނީ މަސްވެރިންނަށްވީ ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލާ، އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒްކުރުމަށް ގޮވާލާ މަޑަވެލި ދާއިރާގެ މެންބަަރު ހުސައިން ފިރުޝާން ހުށައަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ރިޒާ ވިދާޅުވީ މިއަދާއި ހަމައަށް އާދެވުނުއިރު، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރެވުނު މިންވަރު ވަޒަންކުރަންޖެހޭކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯއަކީ ހަމައެކަނި މި ދައުރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައި އޮތް މެނިފެސްޓޯއެއް ނޫންކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަނީ އެމްޑީޕީގެ އަސާސްތަކުގެ މައްޗަށް ބިނާވެ ރައްޔިތުން ބޭނުމަށް ޖެހިފައިވާ އެންމެ މުހިންމު ދާއިރާތަކުން، ކަންކަން ހާސިލްކުރުމަށްކަމަށް ރިޒާ ވިދާޅުވިއެވެ.

އެ މެނިފެސްޓޯ ތަންފީޒު ކުރިންވެސް ނުކުރެވި ހުރި ކަންކަން މި ސަރުކާރު އައުމަށްފަހު 2018 ގައި އަނެއްކަ މަސައްކަތް ފަށައިގެން މިއަދު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެ ގެންދަވަނީ ބަރާ ބަރަށް ތަންފީޒުކުރައްވަމުން.

ރިޒާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަންފީޒުކުރައްވަމުން ގެންދަވަނީ މިއަދާއި ހަމައަށް އެމްޑީޕީގެ މެނިފެސްޓޯގައި ނުވެ ހުރި ކަންކަންކަމަށާއި، އެގޮތުން މި ސަރުކާރުން އެހެން ސަރުކާރުތަކާއި ހިލާފަށް، މަސްވެރިކަމުގެ ދާއިރާ ކޮޅަށް ޖެހުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ހާއްސަކޮށް 2019 ވަނަ އަހަރު ދިމާވި ކޮވިޑުގެ ދަތިއުނދަގޫ އިގްތިސާދީ ހާލަތުގައި ރާއްޖޭގެ ބަޖެޓަށާއި އަދި އާމްދަނީއަށް ދިމާވި ނިކަމެތި ހާލަތްތަކާއިއެކީގައިވެސް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތް ކުރެއްވިކަމަށް ރިޒާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރީ ފެލިވަރުފަދަ ތަންތަނުގެ ސްޓޯރޭޖު އިތުރުކޮށް، ކޭން ފެކްޓްރީގައި ދަޅު ބަންދުކުރެވޭ އަދަދު އިތުރުކޮށް އެ ތަންތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖޭގެ ދެކޮޅަށް ބަހާލައިގެން ގއ އަދި ޏ އަތޮޅުގައި ކުރަމުންދާ މަސައްކަތްތަކެވެ. މިކަންކަމުގެ މަންފާ ވަގުތުން ނުލިބުނު ނަމަވެސް ތަނުގެ ހިދުމަތް ފެށުމުން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު އިތުރުވާނެކަމަށާއި، އަދި މަސްވެރިންނަށް ލިބޭ ފައިސާގެ އަދަދު އިތުރުވެ، ބޮޑު އަގުގައި މަސް ގަނެވޭނެ ނިޒާމެއް ދާއިމީކޮށް ހަމަޖެހިގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ މަސްވެރިކަމުގެ ސިނާޔަތު ކުރިއެރުވުމަށް އެންމެ މުހިންމުކަމެއްގެ ގޮތުން ރާއްޖޭގެ ރަށްތަކުގައި އައިސްޕްލާންޓުތައް އިތުރުކުރަންޖެހޭކަމަށެވެ. އޭނާ ސުވާލުއުފެއްދީ މިހުރިހާކަމެއް މި 4 އަހަރުގެ ތެރޭގައި ކުރަންޖެހުނު ސަބަބާއިމެދުއެވެ. އަދި ވިދާޅުވީ ތަފާސް ހިސާބުތަކަށް ބެލުމުން މަސް ގަނެފައި ހުރި ރެކޯޑު އަދަދުތައް އެންމެ މަތިވާނީ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ހިނގާ މިދިޔަ ދުވަސްތަކުގައިކަމަށެވެ. މި އަހަރުގެ މިހާތަނަށްވެސް ދިވެހިރާއްޖެއަށް ބޭނި މަހުގެ އަދަދު އިތުރުވެފައިވާކަމަށާއި، އަދި މަސް ގަތް މިންވަރު ވަނީ ރިކޯޑު އަދަދަކަށް މަތިވެފައިކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން އެދަނީ ލޮލަށް ފެނި އަތުން ހިފެމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: