ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ 24 ގަޑިއިރަކު ދަނީ މަޝްރޫއުތަކުގައި ސޮއިކުރެވެމުން: ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ, "އިބޫ 2023" ގެ ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ 24 ގަޑިއިރަކު ދަނީ މަޝްރޫއުތަކުގައި ސޮއިކުރެވެމުންކަމަށާއި، ފާއިތުވެދިޔަ އެއްހާސް އަހަރަށް ބެލާއިރު، މި ވެރިކަމުގައި ތަޖުރިބާކުރީ އެންމެ ފުރިހަމަ ދުވަސްތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި “އިބޫ 2023” ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ ނިމުނު ކަންތައްތަކުގެ ވާހަކަ އެ ޖަލްސާގައި ރައީސް ސާލިހު ފާހަގަކުރައްވައިފިކަމަށާއި، ނަމަވެސް އޭނާއަށް ނިމުނީ ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީކަމަށެވެ. އެގޮތުން މި އިންތިހާޞު ހއ އިން ނިމިއްޖެކަމަށާއި، ހދ އިންވެސް އަދި ށ ގެ އިތުރުން ނ ވެސް ބޮޑުކޮށް ނިމިއްޖެކަމަށް ރިޒާ ވިދާޅުވިއެވެ.

ރ އިން، ބ އިނ،ް ޅ އިން، މި ކ އިން، އައްޑޫ އަތޮޅުން ނިމިއްޖެ.

މި ޕްރައިމަރީގައި އާއި ކުރިއަށް ދައުރުގައިވެސް ފަހަތަށް ނުދާ ގޮތަށް ނިންމާފައިވާކަމަށް އެމްޑީޕީގެ މެންބަރުން ބުނިކަމަށް ފާހަގަކުރައްވާ ރިޒާ ވިދާޅުވީ، އެބޭފުޅުން ވިދާޅުވި ގޮތުގައި ޕާޓީގެ މެންބަރުން ދާނީ ކުރިއަށްކަމަށެވެ، އަދި އެއީ ކުރިއަށް ކިހިނެއްދާ ވާހަކަތޯ އޭނާ ސުވާލުކުރިންކަމަށް ވިދާޅުވިއެވެ. ކުރިއަށް ދާނީ ތާރު އެޅި މަގުގައި ސައިކަލުގައި ބާރަށްކަމަށް ރައްޔިތުން ވިދާޅުވިކަމަސް ރިޒާ ފާހަގަކުރެއްވިއެވެ.

ވިދާޅުވީ ތާރު އެޅި މަގުގައި، ސޫން ބޫމް. އެކްސެލްގައި، ސައިކަލުގަ، ކާރުގައި ކުރިއަށްދާގޮތަށޭ މިތިބީ. ކިހިނެއްހޭ ޔަގީންވީ އެކަން، ޔަގީންވާނެއެންނުންހޭ ހއ ތުރާކުނުން ފެށިގެން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އެހެރަ އަންނަނީ ތާރު އަޅުަމުންނޭ މަގުތަކުގައި. ކީއްހޭ ޔަގީން ނުވާންވީ

ރިޒާ ވިދާޅުވީ ސާފު މެޖޯރިޓީއާއިއެކު މި ޕްރައިމަރީ ދެ ނަންބަރު ކެޑިޑޭޓަށް ކާމިޔާބު ވާނެކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަސައްކަތާއި ބެހޭ ގޮތުން ރިޒާ ވާހަކަދައްކަވާފައިވާއިރު، އޭނާ ވިދާޅުވީ އެ މަސައްކަތްކުރެވޭނެ އެއް ގޮތަކީ އަމިއްލަ މަންފާއަކަމަށެވެ. އަދި އޭނާ ވިސްނި ވިސްނުމުގައި ސިޔާސީ މަސައްކަތްކުރެވޭނެ ދެވަނަ މަގްސަދަކީ ތިމާ އުޅޭ ވަޒަނަށް، ތިމާގެ އަވަށްޓެރިންނަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ނުވަތަ ތަރައްގީ ހޯދައިދިނުމުގެ މަގްސަދުގައެވެ. ރިޒާ ވިދާޅުވީ މި ދެ މަގްސަދު ހާސިލްކުރުމަށްޓަކައި ނޫނީ ސިޔާސީ މަސައްކަތްކުރުމުގައި އެއްވެސް ރައްޔިތަކު އުޅޭނެކަމެއްނެތްކަމަށެވެ. އަދި އެީ ބޭނުމެއްވެސް އޮތްކަމެއްނޫންކަމުގައި ފާހަގަކުރެއްވިއެވެ.

މި ދެ ކަންތަކުގައި ފާއިތުވެދިޔަ އެއްހާސް އަހަރަށް ބެލާއިރު، މި ވެރިކަމުގައި ތަޖުރިބާކުރީ އެންމެ ފުރިހަމަ ދުވަސްތައްކަމަށް ރިޒާ ވިދާޅުވިއެވެ. 4 އަހަރުގައި އިންނަނީ 1460 ދުވަސްކަމަށް ފާހަގަކުރައްވާ، ރިޒާ ވިދާޅުވީ މި ސަރުކާރުގައި ފާއިތުވީ 4 އަހަރުގެ ތެރޭގައި 1،300 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގައިފިކަމަށެވެ. ކޮންމެ 24 ގަނޑިއިރަކު ދަނީ މަޝްރޫއުތަކުގައި ސޮއިކުރެވެމުންކަމަށް ރިޒާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: